ads
ސުޖާތާ
ޕެންޝަން ފަންޑުން އިންވެސްޓްކުރުން ފުޅާކުރަނީ
ޕެންޝަން އޮފީހުގެ އާ ސީއީއޯ އެންމެ ބޮޑު އިސްކަމެއް ދޭއްވާނީ ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގެ މަސައްކަތް ފުޅާކޮށް، އޮފީހުގެ ހިންގުމަށް ބޮޑު ބަދަލެއް ގެންނަން އާ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުގެ އާ ސީއީއޯ މިހެން ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ފުރަތަމަ ފަހަރަށް އެ އޮފީހުގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އާ ސީއީއޯ ސުޖާތާ ވިދާޅުވީ މަސައްކަތް ބައްޓަންކުރައްވާނީ ފަންޑުގެ ބައިވެރިންގެ މަސްލަހަތާއި، ގަވަނަންސް، ޓެކްނޮލޮޖީ، ތިމާވެށި އަދި އިނޮވޭޝަން އަށް އިސްކަންދެއްވައިގެން ކަމަށެވެ.

އެންމެ ބޮޑު އިސްކަމެއްދޭނީ ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގެ މަސައްކަތް ފުޅާކޮށް އޮފީހުގެ ހިންގުން ހަރުދަނާ ކުރުމަށް. މަސައްކަތް ބައްޓަންކުރާނީ ފަންޑުގެ ބައިވެރިންގެ މަސްލަހަތާއި، ގަވަނަންސް، ޓެކްނޮލޮޖީ، ތިމާވެށި އަދި އިނޮވޭޝަން އަށް އިސްކަންދީގެން

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ އައްޔަންކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަށެވެ. ސުޖާތާ ހަލީމަކީ އެ އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމު ވޭތުވެދިޔަ ދެ އަހަރު އަދާކުރެއްވި ބޭފުޅެކެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުގެ ޗީފް އޮފްރޭޓިން އޮފިސާ (ސީއޯއޯ)ގެ މަގާމުގެ ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ. ރާއްޖޭގައި ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ކުރީގައި މެދުނުކެނޑި 16 އަހަރު ވަންދެން ސުޖާތާ ވަނީ ހިދުމަތް ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް