ads
އަައިޝްވާރިއާ ރާއީ
އަޝްވާރިއާއަށް 49 އަހަރު: އަދިވެސް އަލިގަދަ ތަރިއެއް
އައިޝްވާރިއާ ރާއީ ބަޗަން އަންގާރަ ދުވަހު ވަނީ އޭނާގެ 49 ވަނަ އުފަންދުވަސް ފާހަގަކޮށްފައެވެ.

ނަމަވެސް އޭނާގެ އައިކޮނިކް ހެދުން އެޅުމާއި، ރީތިކަމަށް އޭނާ ދޭ ސަމާލުކަމުގެ ސަބަބުން އޭނާގެ ފޭނުންގެ ހިތްތަކުން އޭނާ ފޮހެއެއް ނުލެވުނެވެ. 

އައިޝްވާރިއާ ވަނީ 1994 ވަނަ އަހަރުގެ މިސްވޯޑް ޓައިޓަލް ކާމިޔާބު ކޮށްފައެވެ. އޭނާގެ ހަޔާތުގައި ކުރިމަތިލީ ކޮންމެ ފީލްޑަކުން ވެސް އޭނާ ވަނީ ކާމިޔާބީ ހޯދާފައެވެ. މިގޮތުން ސުޕަ މޮޑެލް އެއްގެ ގޮތުގައި މަސައްކަތް ކުރުމުން ވެސް އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

 ބޮލީވުޑްގެ އެކްޓަރެއްގެ ބުދެއް އޭނާގެ ސިފައިގައި ހަދާފައި އެންމެ ފުރަތަމަ މިއުޒިއަމެއްގައި ބެހެއްޓި މީހަކީ ވެސް އައިޝްވާރިއާ އެވެ. އެގޮތުން މެޑަމް ޓޫސޯޑްސް ކިޔާ މިއުޒިއަމެއްގައި އައިޝްވާރިއާގެ ބުދެއް ވެސް ވަނީ ހަދާފައި ބަހައްޓާފައެވެ. 

މީގެ އިތުރުން އޭނާއަކީ ކުޅަދާނަ މަންމައެއްވެސް މެއެވެ. އައިޝްވާރިއާ ވަނީ އިންޑިއާގެ ސުޕަ ސްޓާ އަމީތާބް ބަޗަންގެ ދަރިފުޅު އަބީޝޭކް ބަޗަން އާއި 2007 ވަނަ އަަހަރު ކައިވެނިކޮށްފައެވެ. ދެމަފިރިންގެ ދަރިފުޅު އަރަދިޔާ ބަޗަންގެ އުމުރަކީ މިހާރު 10 އަހަރެވެ. 

your imageއައިޝްވާރިއާ އޭނާގެ ދަރިފުޅާއެކު

އައިޝްވާރިއާ ވަނީ އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް ދަރިފުޅާއެކު ފައްޅިއަކަށް ގޮސްފައެެވެ. 

އައިޝްވާރިއާ އެކްޓިން ރޯލަކުން މިއަހަރުވެސް ފެނިފައިވެއެވެ. އެއީ މަނީ ރަޓްނަމްގެ "މެގްނަމް އޮޕަސް ޕޮންނީން ސެލްވާން: 1" ގެ ލީޑު ރޯލުންނެވެ. 

އައިޝްވާރިއާ ބުނާގޮތުން އޭނާގެ ފިރިމީހާ އިބީޝޭކް ބަޗަން އާއި އެކު ފިލްމެއް ކުޅުމަކީ އޭނާ އަދިވެސް ކުރާ އުންމީދެކެވެ. ދެތަރިން އެންމެ ފަހުން ފެނިފައިވަނީ 2008 ވަނަ އަހަރު ނެރުނު ފިލްމު "ސަރުކާރް ރާޖް" އިން ނެވެ.

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް