ads
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ތާލިބާނާއި އެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރު: ޓްރަމްޕް
އަފްގާނިސްތާނުގެ ސުލްހައަށް ތާލިބާނާއެކު އެއްބަސް ވުމަކަށް ދާން ތައްޔާރުކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެނިކުފާނު އިންޑާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާއަށް ފުރަން ދިޔަ ވަގުތު ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރާނެކަމުގައެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ އަފްގާނިސްތާނުގައި ކުރިއަށްދާ ހަމަނުޖެހުންތައް މަދުކުރުމަށް އަފްގާން ސިފައިންނާއި، ތާލިބާނުން އަދި އެމެރިކާއާއި ދެމެދު "ރިޑަކްޝަން އިން ވަޔަލެންސް" އެއްބަސްވުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. މި އެއްބަސްވުން ވެފައި ވަނީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ދޯހާގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމުގެ ޝަރުތުތައް މަޝްވަރާކުރުމަށެވެ. މިމަހުގެ 29 ވަނަ ދުވަހު މި އެއްބަސްވުމުގައި ސޮއި ކޮށްފި ނަމަ 18 އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް