ads
ފައްޔާޒު ކުރެއްވި ޓުވީޓުގައި އެމްޑީޕީގެ ވޯޓުފޮށިތައް އަތުލުމުން އުވަގަށާ މެޝިނަށް ވޯޓުއެޅި ފޮޓޯތައް ވަނީ ހިއްސާކޮށްފައި——
ޕީޕީއެމްގެ އިންތިހާބަށް މަރުހަބާ، ވޯޓުފޮށި ބަލައި މިއަދު ފުލުހުން ނުދާނެ: ފައްޔާޒް
މިއަދު ކުރިއަށް ގެންދިޔަ ޕީޕީއެމްގެ ދާއިރާ އިންތިހާބަށް އެމްޑީޕީގެ ޗެއަމަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަރުހަބާ ކިޔައިފި އެވެ. ވިދާޅުވީ، މިއަދު ފުލުހުން ވޯޓުފޮށިތައް ބަލައިނުދާނެ ކަމަށެވެ.

މަރުހަބާ ކިޔައި ކުރެއްވި ޓުވީޓުގައި ވަނީ، ރައީސް ޔާމީން ވެރިކަމުގައި އެމްޑީޕީން ބޭއްވި އެޕާޓީގެ އިންތިހާބުތަކުގައި ވޯޓުފޮށި އަތުލައި، ފުލުހުން އެތަކެތި ގެންދިޔަ ފޮޓޯތަކެއް ވެސް ހިއްސާކުރައްވާފަ އެވެ.

އުވަގަށާ މެޝިނުގައި އެދުވަހު އެމްޑީޕީއަށް ވޯޓުލާން ޖެހުނު ގޮތަށް ޕީޕީއެމްއަށް ވޯޓުލާން މިއަދު ނުޖެހޭނެ ސަބަބެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވީ، ‏ސިޔާސީ އެފަދަ ހަރަކާތްތަށް މިއަދުގެ ސަރުކާރުން ފުލުހުން ފޮނުވައިގެން ނުހުއްޓުވުމެވެ.

އެއީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށާއި، މީގެ ފަސް އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ވިދާޅުވީ ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުން ކަމަށެވެ.

ފައްޔާޒު މިފަދަ ގޮތަށް ޓުވީޓެއް ކުރައްވާފައި މިވަނީ، މިއަދުގެ ޕީޕީއެމް އިންތިހާބުގައި އުވަގަށާ މެޝިނާއި، ޓައްޕާއި ބާލިދީގައި ވޯޓު ކަރުދާސް އުފުލާ މަންޒަރު ނުފެންނާނެ ކަމަށާއި، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިންތިހާބުތައް ބަލައި، އެމްޑީޕީގެ ކުރިއަށް އޮތް އިންތިހާބުތަކުގެ މަގުޗާޓު ހެދުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމްޑީޕީއަށް ގޮވާލައްވާފައި ވަނިކޮށެވެ.

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ޕީޕީއެމްގެ އިންތިހާބަކީ ޑިމޮކްރަސީއާއި ދުރު އިންތިހާބުތަކެއް ކަމަށް އެމްޑީޕީން ފާހަގަކުރާ ކަމަށް ނޫސްވެރިއަކު ފާހަގަކުރުމާއިއެކު ރައްދުގައި ރައީސް ޔާމީން ވަގުތުން ވިދާޅުވީ، ގައުމު ވިއްކާލައިގެން ތިބެ އެމްޑީޕީއަށް ޑިމޮކްރަސީގެ ވާހަކަ ނުދެެއްކޭނެ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް