ads
އަލިފުށީ އެއަޕޯޓު މަޝްރޫއުގެ ދަށުން ކުރިއަށްދާ ފަޔާ ބިލްޑިން މަސައްކަތް——ފޮޓޯ: އެމްޓީސީސީ
އަލިފުށީ އެއަޕޯޓުގެ އަލިފާން ނިއްވާ އިމާރާތުގެ މަސައްކަތްތައް ފެށައިފި
ރ. އަލިފުށީ ބިން ހިއްކުމާއި އެއަޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ، އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ފަށައިފި އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ބުނީ، އެމަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ފަޔަ ޕޮންޑުގެ ޝަޓަރިން އާއި ބާ ބެންޑިން މަސައްކަތްތައް ތަކެވެ.

ޖުމްލަ 451.6 މިލިއަން ރުފިޔާއަށް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭ އެމްޓީސީސީއާއި މި މަޝްރޫއު ހަވާލުކުރީ 750 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

your imageއަލިފުށީ އެއަޕޯޓު މަޝްރޫއު——

މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެ އެވެ.

އަދި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަވިސް ރޯޑް ހެދުމާއި، ޓާމިނަލް ބިލްޑިން އަކާއި ފަޔަ ބިލްޑިން އެއް އެޅުމާއި، އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް