ads
މެރީ މަރާލި ކަމުގެ ތުހުމަތު ކުރާ ލަމްހާ އާއި މާވިން
އިތުރު 2 ހެކިވެރިއަކު ހެކިބަސްދީފި، ބައެއް ހެކިވެރިން ކޯޓަށް ހާޒިރުނުވި
މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލައިގައި ދައުލަތުގެ ފަރާތުން ދެ ހެކިވެރިއަކު ހެކިބަސްދީފި އެވެ.
Advertisement

މިމައްސަލާގައި މިހާރު ކުރިއަށްދަނީ، މޭރީ އާއި އޭނާގެ ފިރިމީހާ މާވިން ދިރިއުޅުނު ގޭގެ ސިޑިން އެދުވަހު އަރައި ފޭބިމީހުންނާއި، އެ އިމާރާތުގައި ދިރިއުޅޭ މީހުންގެ ހެކިބަސް ނެގުމެވެ.

މިއަދުގެ އަޑުއެހުމުގައި ނިންމާފައި އޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނެގުން ނަމަވެސް ދެ ހެކިވެރިއަކު ކޯޓަށް ހާޒިރުވެފައި ނުވާތީ އެ ދެ ހެކިވެރިންގެ ހެކިބަސް ނެގުން ވަނީ ކެންސަލްވެފަ އެވެ.

މިއަދު ހެކިބަސް ދިން ދެމީހުންގެ ތެރެއިން އެކަކު ބުނިގޮތުން، މޭރީ މަރުވި ދުވަހު އެ ހާދިސާ ހިނގިކަމަށް ބުނާ ވަގުތު އޭނާ ސިޑިން މައްޗަށް އެެރަނިކޮށް އަޑެއް އިވިގެން އޭނާގެ ދަރިފުޅު ސުވާލުކޮށްފައި ވެއެވެ. 

އެއަޑު އޭނާއަށް ވެސް އިވުނުހެން ހީވާތީ، ދަރިފުޅާއިއެކު އަޑުއައި ދިމާ ބަަލަން ވެސް މަސައްކަތް ކުރިކަމަަށާއި، އެކަމަކު އެވަގުތު އެތަނުގައި އެއްވެސް މީހަކު ފެންނަން ނެތުމުން މައްޗަށް އެރީ ކަމަށް ހެކިވެރިޔާ ބުންޏެވެ. އޭނާ ބުނީ، އެވަގުތަކީ ގުރޭޑް 10ގައި އުޅޭ އޭނާގެ އަންހެން ދަރިފުޅު ސްކޫލުން ގޮވައިގެން އައި ވަގުތު ކަމަށެވެ. 

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ އަންހެން ނަރުސް މޭރީ މއ.އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި 2021 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު ދަންޖެހިފައިވާކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެވެ. ނަމަވެސް މޭރީގެ މަރާއި ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން އެ މައްސަލަ ތަހްގީގު ކުރަން ފަށައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ މޭރީ މަރާލައިފައިވާ ކަމެވެ.

އެމައްސަލާގައި ދައުލަތުން މާވީންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކުރާއިރު، އޭނާގެ ލޯބިވެރިޔެއް ކަމަށް ބުނާ، އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ޅ.ހިންނަވަރު މާފިނި, ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް ގިނަ ދައުވާތަކެއް ކުރެއެވެ.

ލަމްހާގެ މައްޗަށް ކުރަނީ

  • އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ
  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ 

ދައުލަތުން ބުނާގޮތުގައި މޭރީ މަރާލާފައިވަނީ އޭނާގެ ފިރިމިހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ލަމްހާ ދުރާލާ ރާވައިގެން ނެވެ. 

އެގޮތުން 27 އޮކްޓޫބަރު 2021 ދުވަހު ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސް ކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗުން ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވެއެވެ. 

އަދި ހަމަ އެދުވަހު ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ވެސް ފެނިފައިވެ އެވެ. މި ތަކެތި ލަމްހާ ނަގާފައިވަނީ އައިޖީއެމްއެޗުގެ ހުއްދަ ނެތި އެ ހޮސްޕިޓަލަށް އެނގުމެއް ނެތި ކަމަށް ދައުލަތުން ބުނެ އެވެ. 

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް