ads
ބްރިޓްނީ ސްޕިއާސް
ބްރިޓްނީ ސްޕިއާސްގެ ސިކުނޑީގެ ނާރުތައް ހަލާކުވެއްޖެ
މަޝްހޫރު ޕޮޕް ލަވަކިޔުންތެރިއާ ބްރިޓްނީ ސްޕިއާސްގެ ސިކުނޑީގެ ބައެއް ނާރުތައް ހަލާކުވެފައިވާކަން އޭނާ ހާމަކޮށްފިއެވެ.

އޭނާ ބުނީ ނާރުތައް ހަލާކުވުމުގެ ސަބަބުން ސިކުނޑީގެ ދިރުން މަޑުމަޑުން ހުއްޓެމުން ދާ ކަމަށެވެ. އެނާއަށް އަށް ވަރަށް ތަދުވާކަމަށްވެސް ބުނެފައިވެއެވެ. ތަދު ކުޑަކުރުމަށް އޭނާ ކުރާކަމަކީ ނެށުންކަމަށް ވެސް ވަނީ ބުނެފައެވެ. 

"މިއީ ސިކުނޑިއަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބުނީމަ ވާގޮތެއް. ނެށީމަ އަހަރެންގެ ތަދު ކުޑަވޭ. ސިކުނޑީގެ ހިރުވުން ވެސް ކުޑަވޭ،" ބްރިޓްނީ ބުންޏެވެ. 

މިބަލީގެ ސަބަބުން އުމުރުން 40 އަހަރުގެ ޕޮޕް ސްޓާ ބްރިޓްނީ އަލުން ސްޓޭޖު ޕާފޯމަންސް އަކުން ދެން ނުފެނި ވެސް ދާނެއެވެ. 

ރިޕޯޓުތައް ބުނާގޮތުން ބްރިޓްނީގެ ހަށިގަނޑުގެ ބައެއް ބައިތަކުން ދަނީ ވަރުނެތި ވާ ވެސް ވަމުންނެވެ.  ބްރިޓްނީ ވެސް ބުނެފައިވަނީ އޭނާ ކުރިން ނަށާގޮތަށް ނުނެށޭކަމަށެވެ. 

30%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް