ads
ދިޝާ ޕަޓާނީ--
ފޮޓޯގްރާފަރަކާއި ދިޝާގެ ބޮޑީގާޑުންނާއި ދެމެދު ވަރުގަދަ ހަމަނުޖެހުމެއް
ބޮލީވުޑުގު ބަތަލާ ދިޝާ ޕަޓާނީގެ ފޮޓޯއެއް ނަގަން މަސައްކަތް ކުރި، ފޮޓޯގްރާފަރަކާއި ދިޝާގެ ބޮޑީގާޑާ ދެމެދު ހަމަނުޖެހުމެއް ހިނގައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނިގެންދަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިޝާ އޭނާގެ ކާރަށް އަރަން ދަނިކޮށެވެ. ކައިރީގައި އޭނާގެ ބޮޑީގާޑުވެސް ހުންނަ މަންޒަރު ފެނިގެންދެ އެވެ. 

އެގޮތުން ދިޝާގެ ފޮޓޯ ނެގުމަށްޓަކައި އެތަނުގެ ތިބި ފޮޓޯގްރާފަރުން މަސައްކަތް ކުރާ މަންޒަރު ވެސް ފެނިގެންދާއިރު އެތަނުން އެކަކު ވަނީ އޭނާއަށް ދިޝާގެ ރީތި ފޮޓޯއެއް ނުނެގޭތީ ކުރިއަށް ޖެހިލައި ދިޝާ ކައިރީ ފޮޓޯއަކަށް ހުއްޓިލަން އެދެން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ދިޝާގެ ބޮޑީގާޑު ވަނީ އެމީހާ ކޮށްޕާލާފަ އެވެ. އެއާއެކު ދެމީހުންގެ މެދުގައި ވަރުގަދަޔަށް ބަހުގެ ހަމަލާތައް ދެއެވެ.

ނަމަވެސް އެކަމަށް ދިޝާގެ މެނޭޖަރު ވަނީ އެކަމަށް މާފަށް އެދިފަ އެވެ. 

ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެންގޮސްފައިވާ ދިޝާ އެންމެ ފަހުން ފެނިގެންދަނީ އަދިތުޔާ ރޯއީ ކަޕޫރާއެކު މަލަންގުންނެވެ. ވަރަށް ފަހުން މި ފިލްމު ނެރެފައިވާއިރު ފިލްމަށް ރަނގަޅު ތަރުހީބެއް ވެސް ދަނީ ލިބެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް