ads
ޑޫމްސްޑޭ ޕްލޭން ވީއައިއޭގައި ޕާކުކޮށްފައި-- ފޮޓޯ: މޯލްޑިވިއަން ޕްލޭން ސްޕޮޓާޒް
އެމެރިކާ ރައީސްގެ ޑޫމްސްޑޭ ޕްލޭން ވީއައިއޭގައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް، އެގައުމުގެ ހާއްސަ "ޑޫމްސްޑޭ ޕްލޭން" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޕާކުކޮށްފި އެވެ.

މި ފްލައިޓަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ހަނގުރާމަވެރި ހާލަތްތަކުގައި އެމެރިކާގެ ރައީސާއި އިސްވެރިން ދަތުރު ކުރެއްވުމަށް ހާއްސަ ބޮއިންގް މަރުކާގެ އެއާފޯސް ވަންގެ ބެކަޕް ފްލައިޓެކެވެ.

މި ބެކަޕް ފްލައިޓަކީ ގައުމުން ބޭރަށް ރައީސް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ރައީސްގެ ރަސްމީ ފްލައިޓާއެކު ދަތުރު ކުރާ ފްލައިޓެކެވެ. 

"ޑޫމްސްޑޭ ޕްލޭން" ގެ ބޭނުމަކީ ކުއްލި ނުރައްކަލެއް ނުވަތަ ހަނގުރާމަވެރި ހާލަތެއް ދިމާވެއްޖެ ނަމަ، ރައީސަށް ރައްކާތެރިކަން ކަށަވަރު ކުރުމާއި، އޭގައި ހުންނަވާ ގައުމު ހިންގެވުމުގެ ފުރުސަތު ފޯރުކޮށްދިނުމެވެ. 

ޓްރަމްޕް މި ވަގުތު އިންޑިއާގައި ހުންނެވީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ. މިއަދު އެމަނިކުފާނަށް އިންޑިއާއަށް މަރުހަބާ ދެންނެވީ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. 

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް