ads
ކޮވިޑް-19 އާ ގުޅިގެން ރައީސް އޮފީހުގައި އޮތް ބައްދަލުވުން-- ފޮޓޯ: ރައީސް އޮފީސް
ކޮވިޑުން ރައްކާތެރިވާން ކޮންމެ ފިޔަވަޅެއް އަޅަން ވެސް ތައްޔާރު: ރައީސް ސޯލިހު
ޗައިނާއިން އަލަށް ފެނުނު ކޮރޯނާ ވައިރަހުގެ ބާވަތެއް ކަމަށްވާ، ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ވެސް ސަރުކާރުން ތައްޔާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅޭ ގޮތުން ކެބިނެޓް މިނިސްޓަރުންނާއި، ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިސް ޑޮކްޓަރުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވަނީ އެހެން ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށް، ރާއްޖެއިން އެޅެން ހުރި ފިޔަވަޅުތަކާ މެދުވެސް މަޝްވަރާކޮށްފަ އެވެ. އޭގެ އިތުރުން މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

މި ވައިރަހަށް ޝައްކު ކުރެވިގެން ހަތް މީހެއްގެ ސާމްޕަލް ރާއްޖެއިން ޓެސްޓު ކުރި އެވެ. ނަމަވެސް އެއްވެސް މީހަކު މިހާތަނަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ. އެއާޕޯޓުގައި ސްކްރީނިން ކުރިއަށް ގެންދާއިރު، ޗައިނާއާއެކު އޮތް ސީދާ ދަތުރުތައް ވަނީ ވަގުތީ ގޮތުން ކެންސަލްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް