
އަދްނާން އަކްތަރު
ތުރުކީ މީހަކު 8،658 އަހަރަށް ޖަލަށް
17 ނޮވެންބަރ 2022 - 16:04:47
ތުރުކީގެ ކަލްޓު ލީޑަރެއް 8،658 އަހަރަށް ޖަލަށް ލައިފިއެވެ.
އަދްނާން އަކްތަރުގެ ނަމުން މަޝްހޫރު މި މީހާއަކީ ގިނަ އަދަދެއްގެ އަންހެނުން ކުރު ހެދުން ލައްވައިގެން އިނދެ އިސްލާން ދީނުގެ ކަންކަން މީހުންނަށް ކިޔައިދޭ މީހެކެވެ.
މީނާއަށް އެގައުމުގެ ދީނީ އިލްމުވެރިންގެ ފަރާތުން ދިޔައީ ބޮޑެތި ފާޑުކިއުންތަކެއް ކިޔަމުންނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި 2022 ވަނަ އަހަރު އެގައުމުގެ ދަށު ކޯޓަކުން ވަނީ އޭނާ 1،075 އަހަަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް އަލުން މަތީ ކޯޓަކުން ވަނީ އެނާގެ މުއްދަތު އިތުރުކޮށް 8،658 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
އޭނާގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ގޯނާގެ ތުހުމަތާ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ.
މީނާގެ އިތުރުން އެ ގުރޫޕުގައި ހިމެނޭ އިތުރު 10 މީހަކު ވެސް ވަނީ 8،658 އަހަރަށް ޖަލަށް ލާފައެެވެ.
95%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް