
މިއުވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއުވާން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި، ވޯޓު ދިން އިރު ރައްޔިތުން އިހްތިޔާރުކުރެއްވި ގޮތަށް ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވިކަމަށެވެ.
މިގޮތުން މިއުވާން ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން މިފާއިތުވި ހަތަރު ކުރައްވާފައިވާ މުހިއްމު ބައެއްކަންކަން ހުލާސާގޮތެއްގައި ވިދާޅުވެ ދެއްވާފައެވެ. މީގެ އިތުރުން މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ބައެއް ވައުދުތައް ފުއްދިފައިވާ ކަމަށެވެ. އަދި ރިޔާސީ ވައުދުތަކުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ހިނގަމުންދާކަންވެސް މިއުވާން ފާހަގަކުރެއްވިއެވެ.