
ނިލަންދޫއަށް 110.8 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، ދެވަނަ އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ، ހަމަ އެއަތޮޅު. ބިލެއްދޫ އަށެވެ. އެއީ 74.8 މިލިމީޓަރުގެ ވާރޭ އެވެ.
ތިންވަނަ އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ، އއ. ތޮއްޑޫ އަށެވެ. އެއީ 20.8 މިލިމީޓަރުގެ ވާރޭ އެވެ.
އެހެން ސަރަހައްދުތަކަށް ވާރޭގެ އަސަރުކޮށްފައިވާގޮތް
- ވ. ރަކީދޫ [18.0 މިލިމީޓަރުގެ ވާރޭ]
- ރ. ދުވާފަރު [10.0 މިލިމީޓަރުގެ ވާރޭ]
- ކ. ހުޅުލެ [ 6.8 މިލިމީޓަރުގެ ވާރޭ]
- ރ. އަލިފުށި [ 5.9 މިލިމީޓަރުގެ ވާރޭ]
- ކ. ގާފަރު [ 1.2 މިލިމީޓަރުގެ ވާރޭ]
- ށ. ކަނޑިތީމް [ 0.6 މިލިމީޓަރުގެ ވާރޭ]
މެޓުން މިއަދުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މީގެއިތުރުން ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށް މިއަދު 11:00 އިން 17:00 އާއި ހަމަޔަށް ނ. އަތޮޅުން ފެށިގެން ލ.އަތޮޅަށް އޮތީ ވައިޓް އެލާޓުވެސް ނެރެފަ އެވެ.