ads
އިންޑިއާގައި އޮތް މުޒާހަރާއެއް-- ފޮޓޯ: ސީއެންއެން
ޓްރަމްޕް އިންޑިއާގައި ހުންނަވަނިކޮށް ކުރި މުޒާހަރާތަކުގައި ތިން މީހުން މަރުވެއްޖެ!
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއަށް ވަޑައިގެންނެވުމުގެ ކުރިން ނިއު ދިއްލީގައި އޮތް މުޒާހަރާތަކުގައި ތިން މީހަކު މަރުވެއްޖެ އެވެ.

އެ މުޒާހަރާއަކީ ސިޓިޒެންޝިޕް ގާނޫނާ ދެކޮޅަށް ބޭއްވި އެއްވުމެކެވެ. މަރުވެފައި ވަނީ ފުލުހުންގެ މީހަކާއި، ދެ މުސްލިމުންނެވެ. 

އެއްވުމުގައި ވަނީ އުޅަނދުތަކުގައި ހުޅު ޖަހާފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި، ގާނޫނަށް ތާއީދު ކުރާ މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ.

އެ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ބުނަނީ އެއީ އިންޑިއާގެ 200 މިލިއަން މުސްލިމުންނަށް ޓާގެޓު ކުރާ ގާނޫނެއް ކަމަށެވެ. 

ޓްރަމްޕް މި ވަގުތު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި ހުންނެވިއިރު، ދިއްލީ ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ. އިންޑިއާ އާއި އެމެރިކާގެ ރަސްމީ މަޝްވަރާ އޮންނާނީ މާދަމާ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް