ads
މިއީ މުސްލިމް ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕް
ގަތަރު ވޯލްޑް ކަޕް: ސްޓޭޑިއަމްތަކުގައި ބަނގުރާ ވިއްކުން މަނާކޮށްފި
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ ގަތަރުގެ ސްޓޭޑިއަމްތަކުގައި ބަނގުރާ ވިއްކުން މަނާކޮށްފި އެވެ.
Advertisement

ޓެންޓު ޖަހައިގެން ސްޓޭޑިއަމްތައް ކައިރީ މީގެ ކުރީގެ ވޯލްޑްކަޕްތަކުގައި ބަގުރާ ވިއްކެ އެވެ. ނަމަވެސް ގަތަރާއި ފީފާ އިން އިއްޔެވަނީ، ވޯލްޑްކަޕް މެޗުތަައް އެގައުމުގައި ބާއްވާ ހުރިހާ ސްޓޭޑިއަމްތަކެއްގައި ބަނގުރާ ވިއްކުން މަނާކުރުމަށް އެއްބަސްވުމަކަށް އައިސް އެކަން އިއުލާންކޮށްފަ އެވެ.

ގަތަރުގައި ގެންގުޅޭ އިސްލާމީ ރިވެތި އުސޫލުތައް ދޫކޮށްލައި، ވަކި ވޯލްޑް ކަޕަށް ވުމުން ހާއްސަ ހުއްދަތަކެއް ދެވެން ނެތް ކަމަށް މީގެ ކުރިންވެސް ގަތަރުގެ ސަރުކާރުން އޮތީ އަންގާފަ އެވެ.

ގަތަރުގައި އާދިއްތަ ދުވަހު ފަށާ ވޯލްޑް ކަޕް މެޗުތަކަކީ މުސްލިމް ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. އެހެން އަހަރުތަކާއި ހިލާފަށް މި ވޯލްޑް ކަޕް ވަރަށް ބޮޑަށްވެސް ތަފާތުވަނީ މި ސަބަބަށްޓަކައެވެ. މިފަހަރު ވޯލްޑްކަޕް ރަސްމީކޮށް ފަށާނީ ވެސް ކީރިތި ޤުރުއާނުގެ ބަރަކާތުން ނެވެ. 

ވޯލްޑްކަޕަށްޓަކައި އިސްލާމީ އުސޫލުތައް ހަނދާން ނަައްތާނުލައި ވަރުގަދައަށް އެ އުސޫލުތައް ތަންފީޒުކުރަމުންދާތީ ގަތަރުގެ ސަރުކާރަށް ގިނަ ބަޔަކު ދަނީ ތައުރީފްވެސް ކުރަމުން ނެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް