ads
މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކުރުމަށްފަހު ފުލުހުން ޗެކު ކުރަނީ
ބޮކްސާ ތެރޭ ފޮރުވައިގެން އައްޑުއަށް ޑްރަގްސް ގެންގޮސްގެން އުމުރަށް ޖަލަށް
ބޮކްސާ ތެރޭ ފޮރުވައިގެން އައްޑޫ ސިޓީއަށް މަސްތުވަތާކެތި އެތެރެ ކުރި މީހަކު އުމުރަށް ޖަލަށްލުމާއެކު 100000 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މަސްތުވާތަކެތީގެ މި މައްސަލައިގައި މިއަދު ހުކުމް ކުރީ، ސ. ހިތަދޫ މީހެއްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

އެއީ 2020 ވަނަ އަހަރުގެ ކުރީކޮޅު ވައިގެ މަގުން އައްޑުއަށް މަސްތުވާތަކެތި އެތެރެ ކުރި ހާދިސާއެއްގައެވެ. އެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިގެން، އޭނާ ދަތުރު ކުރި ފްލައިޓް އައްޑޫގައި ޖައްސައި އެއަޕޯޓްގެ އެރައިވަލް ޓާމިނަލުން އޭނާ ހިފެހެއްޓިއެވެ. އޭނާ ހިފެހެއްޓުމާއެކު އޭނާ އަމިއްލައަށްވަނީ ބޮކްސާ ތެރޭގައި އިންސްލޭޝަން ޓޭޕް އަޅާފައި އޮތް ޖޫސްޕެޓީ ކޮތަޅެއްގައި މަސްތުވާތަކެތި ހުރި ކަމަށް އަމިއްލައަށް އިއުތިރާފުވެ، އެ ނަގައި އަމިއްލައަށް ފުލުހުން އަތަށް ދީފައެވެ.

އަމިއްލައަށް ފުލުހުންނާ މަސްތުވާތަކެތި ހަވާލު ކުރިނަމަވެސް ޝަރީއަތުގައި އޭނާވަނީ މަސްތުވާތަކެތީގެ މައްސަލައަށް އިންކާރުކޮށްފައެވެ. އަދި އޭނާގެ ވަކީލުންވަނީ އޭނާ އެއަޕޯޓުން ފުލުހުން ހިފެހެއްޓީ ކޯޓު އަމުރެއް ނެތި ކަމަށްވެސް ވަކީލުން ބުންޏެވެ. އެހެންނަމަވެސް ދައުލަތުން މައްސަލައިގައި ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް