ads
ފިނޭންސް މިނިސްޓަަރ އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓްރީގެ ހަރަދުބެލެހެއްޓުން ހަރުދަނާކުރުމަށް ކޮންސަލްޓެންޓެއް ހޯދަނީ
ފިނޭންސް މިނިސްޓްރީ އިން އެ މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމެންޓްގެ ދަށުން އިކޮނޮމިކް އެންޑް އެކްސްޕެންޑިޗާ ޕޮލިސީ ޔުނިޓެއް ގާއިމްކޮށް އެ ޔުނިޓުގެ މަސައްކަތް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި އެކްސްޕެންޑިޗާ ޕޮލިސީ ކޮންސެލްޓެންޓެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިކޮނޮމިކްސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ، ފައިނޭންސް އަދި ފައިނޭންޝަލް މެނޭޖްމެންޓް ނުވަތަ ކަމާ ގުޅޭ ދާއިރާއަކުން މާސްޓާޒް ޑިގްރީއެއް އޮތް ފަަރާތަކަށް ވާންޖެހޭނެއެވެ. އަދި މި ފަރާތަކީ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާހުރި ފަރާތަކަށް ވާންޖެހެއެވެ. 

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗް މަހުގެ ތިން ވަނަ ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓެރެސްޓް" ފިނޭންސް މިނިސްޓްރީއަށް މެއިލް ކުރުމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ. މި މެއިލްގައި މަގާމަށް ޝައުގުވެރިވާ ފަރާތުގެ ވަނަވަރު، ތައުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ އަދި ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަން ޖެހޭކަމަށް ވެސް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ. 

މި މަގާމާއި ބެހޭ އިތުރު މައުލޫމާތު، މިނިސްޓްރީގެ ވެބްސައިޓުން ލިބިގެންދާނެއެވެ. 

މި އަހަރަށް ސަރުކާރުން ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ބަޖެޓުން 2.5 ބިލިއަން ރުފިޔާ  ހަރަދު ކޮށްފައިވާއިރު ރައްޖޭގެ ދަރަނީގެ ނިސްބަތްވަނީ ޖީޑީޕީގެ ނިސްބަތުން 76 އިންސައްތައަށް އަރާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް