
ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް ކުރިއަށްދާއިރު، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ވިދާޅުވެދެއްވީ ރައީސް ނަޝީދުގެ ވެރިކަމުން ކޯރެއްގެ ކޯވަރެކެވެ.
މެންބަރު އިސްމާއީލް މަޖިލީހުގައި ފާޅުގައި ފާޑުވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަން ހިނގަމުންދިޔަ ގޮތްތަކަށެވެ. ވަޒީފާތަކުން މީހުން ވަކިކުރުމާއި މުސާރަ ކުޑަކުރި ވާހަކައަކީ ސިވިލް ސާވަންޓުންގެ މުސާރަ ރައީސް ނަޝީދުގެ ވެރިކަމުގައި ކުޑަ ކުރި ވާހަކައެވެ. ކުންފުނިތައް ނުއަގުގައި ވިއްކާލުން ނިސްބަތް ކުރެއްވީ ފެން ކުންފުންޏާ ދިރާގު އަދި އެއަޕޯޓް ބޭރުގެ ފަރާތްތަކަށް ވިއްކާލުމަށެވެ.
އެމްޑީޕީ ދެފަޅިވެފައިވާއިރު، އިސްމާއީލާއެކު ރައީސް ސާލިހު ފަޅީގައި ފާޅުގައި ރައީސް ނަޝީދަށް ގޮން ޖައްސަވާ އަނެއް އެމްޕީއަކީ ރޮޒޭނާއެވެ. ރޮޒޭނާވެސްވަނީ މި ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި ރަށްތައް ބަހާލި ގޮތް ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ވެރިކަމުގެ ކަންކަން ހިނގައިދިޔަ ގޮތް އާއްމު ކުރައްވާފައެވެ.