ads
އެފްސީ ފްރިގޭޓާގެ ވޯލްޑްކަޕް ޖަގަހަ
ހޯރަފުށީގައި ވޯލްޑްކަޕް ބެލުން ފޯރިގަދަކޮށް
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ ކުލަބް "އެފްސީ ފްރިގޭޓާ" ގެ ފަރާތުން ހޯރަފުށީގައި ބޮޑު ސުކުރީނުގައި ވޯލްޑްކަޕް ބެލުމަށް ތަފާތު ހިދުމަތް ތަކާއެކު ބޮޑު ޖަގަހައެއް ތައްޔާރުކޮށް ހުޅުވައިފިއެވެ.

އެފްސީ ފްރިގޭޓާގެ މި ވޯލްޑް ކަޕް ޖަގަހައިން މެޗުތައް ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. އަދި މެޗުތައް ކުޅޭ ގަޑިތަކުގައި ތަފާތު ބައިވަތުގެ ކޮފީއާއި އިންޓަނެޓުގެ ހިދުމަތްވެސް ހިލޭ ލިބޭނެ ކަމުގައި މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވި ކުލަބުގެ މަސްއޫލުވެރިޔާ، ހުސައިން ހަސަން ވިދާޅުވިއެވެ. މި ޖަގަހަ ތައްޔާރު ކޮށްފައިވަނީ ފްރިގޭޓާއަށް ނިސްބަތްވާ އާންމު މެންބަރުންގެ ބުރަ ހީވާގި މަސައްކަތުންނެވެ. ހަމަ އެހެންމެ ހޯރަފުށީ އެކްސީޑް ޕްރައިވެޓް ލިމިޓެޑުގެ ވަރަށް ބޮޑު އެހީތެރިކަމެއް މި މަސައްކަތުގައި ލިބިފައިވާކަމަށް ކުލަބު ފުރިގޭޓާއިން މައުލޫމާތު ދެއްވިއެވެ.

އެފްސީ ފްރިގޭޓާއަކީ، ހޯރަފުށީގެ ތަރައްގީއަށާއި އާންމު އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރި ފުޓުބޯޅައިގައި ހޯރަފުށީގައި އެންމެ ކާމިޔާބު ކުލަބެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް