ads
ވިކްރަމް ގޯހާލޭ
ވިކްރަމް ގޯހާލޭ މަރުވެއްޖެ
ބޮލީވުޑްގެ ކުރީގެ ތަރި ވިކްރަމް ގޯހަލޭ އުމުރުން 77 އަހަރުގައި ހޮނިހިރު ދުވަހު މަރުވެއްޖެއެވެ.

ވިކްރަމް ގޯހާލޭ މީގެ ދުވަސްކޮޅެއް ކުރިން ކުއްލިގޮތަކަށް ބަލިވުމުގެ ސަަބަބުން ޕޫނޭގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރިއެވެ. އޭނާ މަރުވީ އެތެރެހަށީގެ ގުނަވަންތައް ފެއިލްވުމާ ގުޅިގެންނެވެ. އެނާ މަރުވުމުގެ ކުރިން ވަނީ ވެންޓިލޭޓަރުގައި ބާއްވާފައެވެ. 

އޭނާ މަރުވުމުގެ ކުރިން އޭނާ މަރުވިކަމަށް ބުނެ މީގެ ދެ ދުވަސް ކުރިން މީޑިއާތަކުގައި އަޑު ފެތުރުމުން ގިނަ ބަޔަކު ތައުޒިޔާ ވެސް އޭރު ވެސް ކިޔެވެ. ނަމަވެސް އޭނާގެ އާއިލާއިން ވަނީ އޭރު އޭނާ މަރުނުވާކަމަށާއި، އޭނާ އޭރު އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ބުނެފައެވެ. 

އޭނާ މަރުވިކަން ހޮނިހިރު ދުވަހުގެ ރޭ އާއިލާއިން އިއުލާނު ކުރުމުން ގިނަ ބަޔަކު އަންނަނީ އޭނާއާށް ތައުޒިޔާ ކިޔަމުންނެވެ. 

ވިކްރަމް ގޯހާލޭ އަކީ ބޮލީވުޑުގައި ހުރި އެންމެ މަޝްހޫރު އެއް ވެޓްރަން އެކްޓަރެވެ. އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ބޮލީވުޑަށް ކޮށްފައެވެ.  

ވިކްރަމް ވަނީ އެނާ ދުނިޔޭގައި ހުރި ދުވަސްވަރު ހަނގުރާމައިގައި އަނިޔާވާ މީހުންނަށް އެހީވުމަ، ލެޕްރަސީ ޖެހިފައި ތިބި ކުރިންނަށް އެހީވުމުގެ އިތުރުން ޔަތީމު ކުދިންނަށް ވެސް އެހީވުމަށް ފައުންޑޭޝަނެއް އުފައްދައި އެތަނުގައި މަސައްކަތް ކޮށްފައެވެ. 

ގޯހާލޭ އެންމެ ފަހުން ފެނުނީ "މިޝަން މަންގަލް" ގައި އަކްޝޭ އާއި އެކުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް