ads
އައިޝްވާރިއާ އޭނާގެ ދަރިފުޅާއެކު
ދަރިފުޅާއެކު ޕާޓީއަށް ދިޔަގޮތުން އައިޝްވާރިއާއަށް ފުރައްސާރައާއި މަލާމަތް
ދަރިފުޅު އަތުގައި ހިފައިގެން ޕާޓީއަކަށް ދިއުމުން ގިނަބަޔަކު އިންޓަނެޓުގައި ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރިއާ ރާއީ ބަޗަން އަށް ފުރައްސާރަ ކުރަން ފަށައިފިއެވެ.

މަލާމަތްކުރާ މީހުން ބުނަނީ އުމުރުން 11 އަހަރުގެ އަރަދްޔާ ބަޗަން އައިޝްވާރިއާ ގެންގުޅެނީ "މާބޮޑަށް ޅަކޮށްގެން ރައްކާތެރިކޮށްގެން" ކަމަށެވެ. 

ދަރިފުޅު އަތުގައި ހިފައިގެން އައިޝްވާރިއާ ހޮނިހިރު ދުވަހު ދިޔައީ، ރިތޭޝް ދޭޝްމުކް އާއި ޖެނެލިއާގެ ފިރިހެން ދަރިފުޅުގެ އުފަން ދުވަހުގެ ޕާޓީއެވެ. 

އައިޝްވާރިއާގެ ފަރާތުން ކޮންމެވެސް މިންވަރެއްގެ މިނިވަންކަމެއް އޭނާގެ ދަރިފުޅަށް މިހާރު ލިބެންޖެހޭނެކަމަށް ވެސް ފާޑުކިޔާ މީހުން ބުނެއެވެ. 

your imageއައިޝްވާރިއާ ދަރިފުޅު އަތުގައި ހިފައިގެން ޕާޓީއަށް ދަނީ

އައިޝްވާރިއާ ވަނީ އިންޑިއާގެ ސުޕަ ސްޓާ އަމީތާބް ބަޗަންގެ ދަރިފުޅު އަބީޝޭކް ބަޗަން އާއި 2007 ވަނަ އަަހަރު ކައިވެނިކޮށްފައެވެ. އަބީޝޭކް އާއި އައިޝްވާރިއާ ވަނީ ދާދިފަހުން އެމީހުންގެ ދަރިފުޅު އަރަދްޔާގެ 11 ވަަނަ އުފަން ދުވަސް ފާހަގަކޮށްފައެވެ. 

އައިޝްވާރިއާ ވަނީ 1994 ވަނަ އަހަރުގެ މިސްވޯޑް ޓައިޓަލް ކާމިޔާބު ކޮށްފައެވެ. އޭނާގެ ހަޔާތުގައި ކުރިމަތިލީ ކޮންމެ ފީލްޑަކުން ވެސް އޭނާ ވަނީ ކާމިޔާބީ ހޯދާފައެވެ. މިގޮތުން ސުޕަ މޮޑެލް އެއްގެ ގޮތުގައި މަސައްކަތް ކުރުމުން ވެސް އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

އައިޝްވާރިއާ އެކްޓިން ރޯލަކުން މިއަހަރުވެސް ފެނިފައިވެއެވެ. އެއީ މަނީ ރަޓްނަމްގެ "މެގްނަމް އޮޕަސް ޕޮންނީން ސެލްވާން: 1" ގެ ލީޑު ރޯލުންނެވެ. 

އައިޝްވާރިއާ ބުނާގޮތުން އޭނާގެ ފިރިމީހާ އިބީޝޭކް ބަޗަން އާއި އެކު ފިލްމެއް ކުޅުމަކީ އޭނާ އަދިވެސް ކުރާ އުންމީދެކެވެ. ދެތަރިން އެންމެ ފަހުން ފެނިފައިވަނީ 2008 ވަނަ އަހަރު ނެރުނު ފިލްމު "ސަރުކާރް ރާޖް" އިން ނެވެ.

27%
ކަމުގޮސްފި
45%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް