ads
ހުސްނީ މުބާރަކް---
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އަވަހާރަވެއްޖެ
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އަވަހާރަވެއްޖެއެވެ.

ހުސްނީ މުބާރަކް އަވަހާރަފުޅުވެފައިވަނީ މިސްރުގެ ކައިރޯ ހޮސްޕިޓުގައި އޮންނަވަނިކޮށެވެ.  އަވަހާރަފުޅުވިއިރު އުމުރުފުޅަކީ 91 އަހަރެވެ.

މިސްރުގައި 30 އަހަރުގެ ވެރިކަން ކުރައްވާފައިވާ ހުސްނީ މުބާރަކް ވެރިކަމުން ދުރަށް ޖެހިވަޑައިގެންފައިވަނީ 2011 ވަނަ އަހަރުއެވެ.


 2011 ވަނަ އަހަރު އަރަބި ސްޕްރިންގައި މިސްރުގެ ވެރިކަމާއި ދެކޮޅަށް ނިކުތް އެތައް ބަޔަކު މެރިކަމުގެ ކުށްސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މުބާރަކް މިނިވަންކޮށްފައިވަނީ އެ ގައުމުގެ އެންމެ މަތީ އެޕީލްކޯޓުން ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް