ads
މިއަދު ބޭއްވި ބައްދަލުވުގެ ތެރެއިން---ފޮޓޯ:ރައީސް އޮފީސް
އައިއެސްއޭ ފްރޭމްވޯކް ތަސްދީގުކުރުމަށް މަޖިލީހުގެ ލަފާ ހޯދުމަށް ނިންމަވައިފި
އިސްލާހުކޮށްފައިވާ "ފްރޭމްވަކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ)" ދިވެހިރާއްޖެއިން ތަސްދީގުކުރުމާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އދ. ގެ އެންމެހައި މެންބަރު ގައުމުތަކަކަށް ބައިވެރިވެވޭ ގޮތަށް "ފްރޭމްވަކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް" އަށް އިސްލާހެއް ގެންނަވާ ކަމަށެވެ.

އެގޮތުން އިސްލާހުކޮށްފައިވާ އެ އެގްރީމެންޓް ދިވެހިރާއްޖެއިން ތަސްދީގުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެ އެގްރީމަންޓް ތަސްދީގުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދި އެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ފަރާތުން ހުށަހެޅުއްވި ކަރުދާހާ މެދު މަޝްވަރާކުރެއްވުމަށް ފަހުގައެވެ. 

މި އެގްރީމެންޓަކީ، 10 އެޕްރީލް 2019 ގައި ދިވެހިރާއްޖެއިން ސޮއިކޮށް، 30 އެޕްރީލް 2019 ގައި ތަސްދީގުކޮށްފައިވާ އެގްރީމެންޓެކެވެ.

އިސްލާހުކޮށްފައިވާ "ފްރޭމްވަކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް" ބަލައިގަތުމުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

ހަމައެހެންމެ މިއީ، ދިވެހިރާއްޖެ ލޯ ކާބަން ގައުމަކަށް ހެދުމަށް ބޭނުންވާ، އިރުގެ އަލިން ހަކަތަ ލިބިދޭ ނިޒާމެއް ގާއިމުކުރުމުގެ ފުރުސަތު ވެސް ދިވެހިރާއްޖެއަށް ހުޅުވިގެންދާނެ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް