ads
ހުޅުމާލެ
މާލޭގައި ހުރި ގަރާޖުތައް ރައްކާތެރި ސަރަހައަދަކަށް ބަދަލުކުރުމަށް ހުޅުމާލެއިން ބިން ދެނީ
މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުމަށް ސަރުކާރާއި އެޗްޑީސީއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ގަރާޖު ހިންގުމަށް ހުޅުމާލެއިން ބިން ދިނުމަށް އެ ކޯޕަރޭޝަނުން ނިންމައިފި އެވެ.

މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫ އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް އެޗްޑީސީއިން ވަނީ ނިންމާފަ އެވެ. 

އަދި މި ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގި ފިލާއަށް އިމާރާތްކުރެވޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

އެޗްޑީސީއިން ބުނީ، މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަން ކަމަށާއި، މި ގަރާޖުތަކުގައި ވެލްޑިން ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށެވެ. 

އަދި މިފަދަ ޖަރާޖް ތަކުގައި، ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ހިގުން މެދުވެރިވާ ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއްކަމުގައި އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، މި ކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން ނިންމި ނިންމުއް." އެޗްޑީސީއިން ބުންޏެވެ.

އެޗްޑީސީއިން މިފަދަ ނިންމުމެއް ނިންމާފައި ވާއިރު، ދާދި ފަހުން މާލޭގެ ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން ވަނީ ނިޔާވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް