
އެ ހަ މީހުންނަކީ ދެ މަފިރިންނާއި އެމީހުންގެ ހަތަރު ދަރިންނެވެ. ހަތަރު ދަރިން އެއީ ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
އެމީހުން އިސްލާމް ދީން ގަބޫލުކުރިކަން ގަތަރުގެ މީޑިއާތަކުން ވެސް ވަނީ އިއުލާނުކޮށްފައެވެ. އަދި މީހާރު އަންމުވަމުން ދާ ވީޑިއޯތަކުން ފެންނަ ގޮތުން އެމީހުން ގެންދަނީ ޝަހާދަތުގެ ދެ ކަލިމަ ކިޔަމުންނެވެ.
މުސްލިމްވި ބްރެޒިލް އާއިލާ
ވީޑިއޯއިން ފެންނަނީ އެ އާއިލާގެ އަންހެނުން އަބާޔާލައި ބުރުގާ ވެސް އަޅާފައިވާ މަންޒަރެވެ. އަދި އެމީހުންކަރީގައި އެމީހުންނަށް ޝަހާދަތް ލައިދިނުމަށް ޝޭހެއް ހަރަކާތްތެރިވިއެވެ.
ވީޑިއޯއިން ފެންނަނީ ޝޭހު އެމީހުންގެ މަންމަ ކައިރީގައި އިސްލާމްވުމުން ކުރެވޭ އިހުސާސް އަކީ ކިބައިތޯ ސުވާލުކޮށްފައެވެ. އެނާ ބުނެފައިވަނީ "ކުރެވޭ އިހުސާސްތައް އުފާވެރިކަމުން ކިޔައިދޭން ވެސް ނޭގޭ" ކަމަށެވެ.
އަންހެން ކުއްޖެއްކައިރީގައި އިސްލާމް ދީނަށް ވަނުމަށް އެއްވެސް މީހަކު މަޖުބޫރު ކުރިތޯ ވެސް ޝޭހު ސުވާލުކުރިއެވެ.
އަންހެން ކުއްޖާ ބުނީ "އަހަރުމެންނަށް އިސްލާމްދީނަށް ވަންނަން މަޖުބޫރު ނުކުރާ ކަމަށާއި. އިސްލާމް ދީނުގެ ހިދާޔަތު ފެނި އިސްލާމްވާން މަޖުބޫރުވީ،" ކަމަށެވެ.
މިއީ ވޯލްޑްކަޕް ގަތަރުގައި ފެށި ފަހުން އިސްލާމް ދީން ގަބޫލުކުރި ދެވަނަ ބައި މީހުންނެވެ. މީގެ ކުރިން މެކްސިކޯ ފޭނެއް ވެސް ވަނީ ގަތަރުގެ ދޯހާގައި އިސްލާމް ދީން ގަބޫލުކޮށްފައެވެ.