ads
ރައީސް މުހައްމަދު ނަޝީދު: ފޮޓޯ--- ސަން
އެމްޑީޕީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ، ހުކުރު ދުވަހު ކެމްޕެއިން ފަށަނީ
އެމްޑީޕީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަން ނިންމަވައި، އަންނަ ހުކުރު ދުވަހު ކެމްޕެއިން ފަށްޓަވާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ރަސްމީ އެއްވެސް ފަރާތަކުން މިކަން، ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައި ނުވިނަމަވެސް، ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވަޓްސްއަޕް ޗެޓްލޮގަކާ އެކު، ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ ހަބަރުވަނީ އާއްމު ވެފައެވެ.  

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުވަނީ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައެވެ. އަދި ހުކުރު ދުވަހު ގދ. ތިނަދޫގައި ރައީސް ނަޝީދު ކެމްޕެއިން ފަށްޓަވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

އާއްމު ވެފައިވާ ޗެޓްލޮގަކީ "އަންނި ޕްރައިމެރީ" މި ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕެއްގެ ޗެޓްލޮގެކެވެ. 

75%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް