ads
ހދ. ހަނިމާދޫ ހުޅަނގު ފަރާތް—[2021/12/21]
ވައި ނުސާފުވާތީ ރައްކާތެރިވޭ: އެޗްޕީއޭ
ރާއްޖޭގެ ސަރަހައްދުގައި ހިރަފުހާއި ދުމާ ހެދި މި ދުވަސްވަރު ވައި ނުސާފުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެޗްޕީއޭއިން އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އާއްމުކޮށް މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެ އިތުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 – 5 ކިލޯމީޓަރަށް ދަށްވެފަ އެވެ. އެޗްޕީއޭއިން މިކަންތަކާ ގުޅިގެން މިއަދުވަނީ ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

ފުއްޕާމޭގެ ބަލިތަކާ ހިތުގެ ބަލިތައް ހުންނަ މީހުން ގިނަވަގުތު ބޭރުގައި ހޭދަ ނުކުރުމާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައިވެސް މާސްކް އެޅުން އަދި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އިލްތިމާސްކޮށްފައިވޭ.

ރާއްޖޭގެ ސަރަހައްދުގައި ހިރަފުހާއި ދުމާ ހެދި މި ދުވަސްވަރު ވައި ނުސާފުވުމާ ގުޅިގެން އެކަމުގެ ސަބަބު ސާފުކޮށްދެމުން ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ(މެޓް) އިން ބުނިގޮތުގައި، އެހެން ދިމާވަނީ، ހުޅަނގުން އިރުމައްޗަށް ވައި ނުސާފުވަމުންދާ ދުވަސްވަރުތަކުގައި އެވެ. 

ވައި ނުސާފުވަނީ، ހިމާލަޔަން ސަރަހައްދުން، ބޭއޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާއި ހަމަޔަށް ފޯރާ ހިރަފުހާއި ދުމުގެ ސަބަބުން ކަމަށް މެޓުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް