މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހާ ވެއްޓިފައި އޮތީ ހުޅުމާލޭ ފޭސް އެކެއްގެ މޫދު ސަރަހައްދަށެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުނު ހިސާބު މޫދަށް މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ވާކަމަށެވެ.
އަދި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް މިހާރު ގެންގޮސްފައި ވާކަމަށާއި، އެމީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި މިހާރު އެ މީހާ އޭނާގެ އާއިލާ އާއި ހަވާލު ކޮށްފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.