ads
މިސްކިތެއްގައި ރޯކޮށްލާފާ - ގެޓީ އިމެޖެސް
އިންޑިއާގައި ހިނގަމުންދާ މުޒާހަރާ އަދިވެސް ކުރިއަށް
އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ކުރިއަށްގެންދާ މުޒާހަރާ ދީނީ ހަމަނުޖެހުމަކަށް ބަދަލުވެ މުސްލިމުންގެ ގެތަކަށާއި ފިހާރަ ތަަކަށް ޓާގެޓް ގެއްލުން ދީފިއެވެ.

ސިޓިޒެންޝިޕް ގާނޫނާ އެއްކޮޅަށް އަދި މުސްލިމުންނާއި ދެކޮޅަށް ހިންދޫއިން ހަމަނުޖެހުން ހިންގަން ފަށާފައިވަނީ މި އާދީއްތަ ދުވަހުއެވެ.

ބީބީސީ ރިޕޯޓެއްގައި ބުނާ ގޮތުގައި، މިސްކިތެއްގެ އެއްބައިގާ އަންދާލާފާވާއިރު، މަގުމަތިން ޤުރްޢާންގެ ގަނޑުތައް ވެސް ފެންނަން ހުރި ކަމަށް ވެއެވެ. އަދި މި އަންގާރަ ދުވަހު އިތުރު މިސްކިތަކަށް ގެއްލުން ދިން ފޫޓޭޖް އެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ.

ޖެހި ޖެހި ގެން ތިން ރޭ ވަންދެން ކުރިއަށް ދިޔަ މި މުޒާހަރާގައި މަރުވި މީހުންގެ އަދަދު މިހާރު 18 އަށް އަރާފައި ވީ އިރު 189 އަށް ވުރެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް