ads
ގުރައިދޫ ސުކޫލު ލައިބްރަރީ ތެރެ----ފޮޓޯ:ގުރައިދޫ ކައުންސިލް
އެންމެންގެ ލޯތައް ގުރައިދޫ ސުކޫލުގެ ލައިބްރަރީއަށް!
ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކަކުން ފެނިގެންދަނީ ވަރަށް ރީތިކޮށް ހަދާފައި ހުރި ލައިބްރަރީއެއްގެ އެތެރެއެވެ. އެންމެންގެ ހިތުގައި ވެސް ސުވާލު އުފެދުނީ މިއީ ރާއްޖޭގެ ސުކޫލެއްގެ ލައިބްރައީއެއް ތޯއެވެ. މިއީ ކ. ގުރައިދޫގައި ހުންނަ ސުކޫލުގެ ލައިބްރަރީއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވިދާޅުވީ މިއީ ދަރިވަރުން ފޮތް ކިޔުމަށް ހިތް ޖެއްސުމުގެ މަގުސަދުގައި ހެދި ލައިބްރަރީ އެއް ކަމަށެވެ.

your imageލައިބްރަރީ ތެރެ---ފޮޓޯ:ގުރައިދޫ ކައުންސިލް

އެލައިބްރަރީގައި 35 ދަރިވަރުންނަށް އެއްފަހަރާ ބޭނުން ކުރެވޭއިރު ލައިބްރަރީ ބަހާލެވިފައިވަނީ ތިން ބަޔަކަށެވެ. އެގޮތުން ކުޑަކުދިންނަށް ހާއްސަ ޕްލޭ ކޯނާ އަކާއި އީ ލައިބްރަރީއެއް އަދި ފޮތް ކިޔާ ބައެކެވެ.

your imageލައިބްރަރީ ތެރެ---ފޮޓޯ:ގުރައިދޫ ކައުންސިލް

ޔާމީން ވިދާޅުވީ އާ ލައިބްރަރީއެއް ހެދުމުން ބެލެނިވެރިންގެ އިތުރުން ދަރިވަރުން ވެސް ވަރަށް އުފާވެ ހިތްހަމަ ޖެހިފައި ތިބި ކަމަށެވެ. 

ލައިބްރަރީގެ މަސައްކަތް ފަށާފައިވަނީ މީގެ ތިން އަހަރު ކުރިން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ލައިބްރަރީ ހެދުމަށް ގާތްގަނޑަކަށް ހަތް ލައްކަ ރުފިޔާ ހޭދަވި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވިގޮތުގައި ލައިބްރަރީ އެގޮތަށް ރީތިކޮށް ޒީނަތްތެރިކޮށް ހެދުމަކީ ކައުންސިލްގެ އިތުރުން ކުރީގެ ޕްރިންސިޕަލަށް ހުންނެވި އިބްރާހިމް ލުތުފީ ވެސް އުވަފެނެކެވެ.

your imageލައިބްރަރީ ތެރެ---ފޮޓޯ:ގުރައިދޫ ކައުންސިލް

މިވަގުތު ލައިބްރަރީގައި ފޮތް މަދުވި ނަމަވެސް ފޮތް ހަދިޔާ ކުރުމުގެ ހާއްސަ ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ގުރައިދޫ ސުކޫލަކީ 360 ދަރިވަރުން ތައުލިމު ހާސިލްކުރަމުން އަންނަ ސުކޫލެކެވެ. އެގޮތުން މި ސުކޫލުގައި ކިޔަވައިދެނީ ނާސަރީން ފެށިގެން ގްރޭޑު 10 އަކާ ހަމައަށެވެ.

75%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް