ads
އައްޑޫ ސިޓީ ހިތަދޫ——
ވަޅުގަނޑެއްތެރޭ ތާށިވެ، އައިސީޔޫގައި ފަރުވާދެމުންދާ މީހާގެ ހާލު މިހާރު ރަނގަޅު
އައްޑޫ ސިޓީ ހިތަދޫގައި ކޮންނަމުންދިޔަ ވަޅުގަނޑެއްތެރޭ ތާށިވެ، އައިސީޔޫގައި ފަރުވާދެމުންދާ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

ވަޅުގަނޑެއްތެރޭ ތާށިވެ އަނިޔާވެފައިވަނީ، ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދަނިކޮށް ފެނަކަ ހިތަދޫ ބްރާންޗުގައި މަސައްކަތްކުރާ ދިވެހި ދެ މުވައްޒަފަކަށެވެ. 

އޭގެތެރެއިން އުމުރުން 50 އަހަރުގެ މީހަކަށް ވޯޑުގައި ފަރުވާދޭން އިއްޔެ ފަށާފައިވާއިރު، 40 އަހަރުގެ މީހެއްގެ މޭކަށިގަނޑުގައި ރެދުލައި ފަރުވާދެމުންދަނީ އައިސީޔޫގައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ ކޯޑިޓޭޓަރު ސާފީ މުހައްމަދު މިއަދު ”ސީއެންއެމް“ އަށް ވިދާޅުވީ، އެދެމީހުން އިއްޔެ ހޮސްޕިޓަލަށް ގެނައީ 17:00 ގައި ކަމަށެވެ.

އޭގެ ތެރެއިން މޭކަށިގަނޑަށް ސީރިއަސް އަނިޔާއެއް ލިބިގެން ފަރުވާދެމުންދާ މީހާގެ ހާލު މިހާރު ރަނގަޅު ނަމަވެސް އޭނާ އަށް އަދިވެސް އައިސީޔޫގައި ދަނީ ފަރުވާދެމުން ކަމަށް ވިދާޅުވި އެވެ.

ދެވަނަ މީހާގެ ހާލުވެސް ރަނގަޅު ކަމަށާއި، އޭނާ މިއަދު ގެއަށް ދޫކޮށްލާނެ ކަމަށް ސާފީ ވިދާޅުވި އެވެ. 

އެމީހުން ތާށިވީ، ކޮންނަމުންދިޔަ އެވަޅުގަނޑުގެ އެތެރޭގައި އެމީހުން ތިއްބައި ވަޅުގަނޑުގެ އެއްފަޅި ކަނޑައިގެން ގޮސް ފަސް އެޅުމުގެ ސަބަބުން ކަމަށް ވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް