ads
ކްރޮއޭޝިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނޭމާ
ވޯލްޑްކަޕުން ކެޓުމާއެކު ނޭމާ ޗުއްޓީއަށް ރާއްޖެ އައިއްސި
ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލްގައި ކްރޮއޭޝިއާ އާއި ވާދަކޮށް ޕެނަލްޓީ ގައި ބަލިވެ ބްރެޒިލް މުބާރާތުން ކެޓުމުން ބްރެޒިލްގެ ތަރި ނޭމާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި ނޭމާ ޗުއްޓީ ހޭދަ ކުރުމަށް ހަމަޖެހިފައި ވަނީ ކުރަމަތި އައިލެންޑް ރެސޯޓްގައެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އާއި ވާދަކޮށް ބްރެޒިލް ބަލިވެފައިވަނީ ޕެނެލްޓީ ޖަހައިގެން 4-2 ގެ ގޯލުންނެވެ. އެ މެޗުގައި ނޭމާގެ ފަރާތުން ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮހސައެވެ. އެގޮތުން މެޗުގައި ބްރެޒިލް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ ނޭމާއެވެ އަދި އެ ގޯލާއިއެކު ގައުމީ ޓީމުގައި ޕެލޭ ހެދި ރެކޯޑާ ނޭމާ ވަނީ ހަމަހަމަ ކޮށްފަ އެވެ.

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ އެ ގައުމުގެ ގައުމީ ޓީމަށް 77 ލަނޑު ޖަހައި ދިނެވެ. އޭނާގެ ރެކޯޑާ ހަމަހަމަ ކުރަން އެހެން ކުޅުންތެރިޔަކަށް 45 އަހަރު ނެގި އެވެ.

ވޯލްޑްކަޕްގެ ކުރިން ބައެއް މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި މިއީ ނޭމާގެ ފަހު ވޯލްޑްކަޕަށް ވުން ވަރަށް އެކަށީގެންވެއެވެ.

70%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް