ads
އިސްލާމިކް މިނިސްޓްރީ--
ރަށްރަށުގައި ދީނާ ހިލާފު ވޯކްޝޮޕްތަކެއް ބޭއްވިތޯ ބަލަނީ
ރާއްޖޭގެ އެކި ރަށް ރަށުގައި ދީނާއި ހިލާފު ވޯކްޝޮޕްތަކެއް ބާއްވަމުންދޭތޯ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. މިހެންކަމުން މިކަމުގައި ހުރި ހަގީގަތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ނަމަވެސް އިސްލާމިކް މިނިސްޓްރީން މިކަމުގެ ތަފްސީލެއް ނުދެ އެވެ. 

އެކަމަކު އެނގިފައިވާ ގޮތުގައި ރާއްޖެ ބައެއް ރަށްރަށުގައި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ވެސް ބައިވެރިވި، ވޯކްޝޮޕެއްގައި، ޖަމިއްޔާއަކުން ވަނީ ޓެރަރިޒަމްއާއި އިސްލާމްދީނާއި ގުޅުވައިގެން ވާހަކަތަކެއް ދައްކާފަ އެވެ.

އެ މައްސަލަ ބަލަމުން އަންނަކަމަށް މިނިސްޓްރީން ހިއްސާކުރުމާއެކު ރާއްޖޭގެ ބައެއް އިލްމުވެރިން ވަނީ އެފަދަ ވޯކްޝޮޕެއް ރާއްޖޭގައި ބާއްވާފައިވާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ، ދީނީ އިލްމުވެރިއަކު ދަރުހެއްދޭނަމަ އެތައް ހުއްދައެއް ނަގަން ޖެހޭ ކަމަށާއި ނަމަވެސް ދީނާއި ހިލާފު އެ ފަދަ ވޯކްޝޮޕްތައް ބޭއްވުމަށް އެއްވެސް ހުއްދައެއް ނަގަން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް