ads
އާޖެންޓީނާ ސަޕޯޓަރުން
ވޯލްޑް ކަޕް ބަލަން ދިޔަ އާޖެންޓީނާގެ ޒުވާނަކު އިސްލާމްވެއްޖެ
ވޯލްޑްކަޕް ބަލަން ދިޔަ އާޖެންޓީނާގެ ޒުވާނަކު އިސްލާމް ވެއްޖެއެވެ.
Advertisement

އޭނާ އިސްލާމްވިކަން ހާމަވެފައިވަނީ ގަތަރުގެ މިސްކިތެއްގައި ނަގާފައިވާ ވީޑިއޯއެއް އާންމުވުމުންނެވެ. އެ ވީޑިއޯއިން ފެންނަނީ އާޖެންޓީނާގެ ޒުވާނަކު ޝަހާދަތުގެ ދެ ކަލިމަ ކިޔައި އިސްލާމް ދީން ގަބޫލުކުރާމަންޒަރެވެ. 

ބެލެވޭ ގޮތުގައި މި ޒުވާނާ އިސްލާމް ދީން ގަބޫލުކޮށްފައިވަނީ މި ޑިސެންބަރު މަހުގެ ކުރީކޮޅުއެވެ. 

ލެޓިން އެމެރިކާއަށް އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ގައުމަކީ ވެސް އާޖެންޓީނާއެވެ. 

ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ އާޖެންޓީނާ ކޮރޭޝިއާއި ބައްދަލުކުރާއިރު، އޭޖެންޓީނާގެ ފޭނުން ގަތަރުގައި ގެންދަނީ ވަރަށް ބޮޑަށް ފޯރި ނަގަމުންނެވެ. އާޖެންޓީނާ މީހުންނަށް ގަތަރުގެ ދީނާއި ސަގާފަތް ވަރަށް ކަމުދާކަމަށް ގިނަ ބަޔަކު ބުނެއެވެ. އެފަދަ ބައެއް މަންޒަރުތައް ވެސް އަންނަނީ ފެންނަމުންނެވެ. އާޖެންޓީނާގެ އަންހެނުންތަކެއް އަބާޔާ ލައިގެން ގަތަރުގެ މަގުތަކުގައި އުފާކުރާ މަންޒަރު ވެސް ވަނީ މީގެ ދެތިން ދުވަސް ކުރިން ފެނިފައެވެ. 

ގަތަރުގައި ވޯލްޑްކަޕް ފެށި ފަހުން 100 އަށްވުރެ ގިނަ މީހުން ވަނީ އެ ގައުމުގައި އިސްލާމް ދީން ގަބޫލުކޮށްފައެވެ. 

98%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް