ads
ދީޕިކާ އަދި ޝާހުރުކް ހާން
ވޯލްޑް ކަޕް ފައިނަލް މެޗަށް ދިޕިކާ އާއި އެކު ޝާހުރުކް ހާން ވެސް ދާނެ
ބޮލީވުޑްގެ މެގަ ސްޓާ ޝާހު ރުކް ހާން އަދި ބޮލީވުޑްގެ ތަރި ދިޕިކާ ފަޑުކޯން ވޯލްޑްކަޕްގެ ފައިނަލް މެޗު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ގަތަރަށް ދާން ނިންމައިފިއެވެ.
Advertisement

މި ދެ ތަރިން ގަތަރަށް ދާނީ އެމީހުންގެ ފިލްމު 'ޕަތާން' ގެ ޕްރޮމޯޝަނަކަށެވެ. އަދި ފައިނަލް މެޗު ބަލަން މި ދެ ތަރިން ވެސް ވަންނާނެ އެވެ.

މި ދެތަރިންގެ އިތުރުން ޖޯން އަބްރަަަހަމް ވެސް ފިލްމުގައި މުހިންމު ރޯލެއް ކުޅެއެވެ. ނަަމަވެސް ޖޯން އަދި ދާނެ ކަން އިއުލާނެއް ނުކުރެއެވެ. 

މި އަހަރުގެ ވޯލްޑްކަޕް ތަށި ދަނޑަށް ގެންދާނީ ވެސް ދިޕިކާއެވެ. 

މިއީ ދުނިޔޭގައި ފިކްމުކުޅޭ އެކްޓަރަކަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރެވެ. އަދި ވޯލްޑު ކަޕަކީ އެންމެ ގިނަ މީހުން ބަލާ ކުޅިވަރު އިވެންޓެވެ. 

އުމުރުން 32 އަހަރުގެ ދީޕިކާ މި އިވެންޓުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ގަތަރަށް ފުރާނެއެވެ. 

މި އިވެންޓު އޮންނާނީ ޑިސެންބަރު 18 ވަނަ ދުވަހު ގަތަރުގެ 'ލުސައިލް އައިކޮނިކް ސްޓޭޑިއަމް' ގައެވެ.  

56%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް