ads
މާޒިޔާގެ އިއްބެ
އޭއެފްސީ ކަޕް: ގަދަ ފަދަ ބެންގަލޫރު ކަޓުވާލާ މާޒިޔާ ގްރޫޕް ސްޓޭޖަށް
އޭއެފްސީ ކަޕް ކޮލިފައިންގައި ސަރަހައްދީ ވަރުގަދަ ބާރު އިންޑިޔާގެ ބެންގަލޫރު އެފްސީ ކަޓުވާލާ ރާއްޖޭގެ މާޒިޔާއިން ގްރޫޕް ސްޓޭޖުގެ ފުރުސަތު ހޯދައިފިއެވެ. މާޒިޔާއަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ މިރޭ ބެންގަލޫރުގައި ކުޅުނު މެޗު ތިން ލަނޑު ދެ ލަނޑުން ބަލިވި ނަމަވެސް، އެގްރީގޭޓުން އެއްވަރުވެ، ޕެނަލްޓީ ޝޫޓްއައުޓްގައި ބެންގަލޫރު ކަޓުވާލައިގެންނެވެ.

މިރޭ ބެންގަލޫރުގައި ކުޅުނު މެޗުގައި ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުމަށް ފަހު، ދެވަނަ ހާފުގެ ކުރީކޮޅު ބެންގަލޫރުންވަނީ ލަނޑު ޖަހާ ކުރި ހޯދާފައެވެ. އެހެންނަމަވެސް މާޒިޔާއިންވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު މާޒިޔާއަށް ޖަހާދިނީ އިބްރާހިމް ވަހީދުއެވެ. އޭނގެ ފަހުން ދެވަނަ ފަހަރަށްވެސް ބެންގަލޫރުން ކުރި ހޯދިއެވެ. އެހެންނަމަވެސް އެންމެ ތަންފުކެއްވެސް ދޫނުކޮށް ކުޅުނު މާޒިޔާއިން ދެވަނަ ފަހަރަށް ލަނޑު ޖަހާ މެޗު އެއްވަރުކޮށްފައެވެ. އެހެންނަމަވެސް އަނެއްކާވެސް ބެންގަލޫރުން ލަނޑު ޖަހާ މެޗު ނިމެން ކުޑަ އިރުކޮޅަކަށްވެފައިވަނިކޮށް ނަތީޖާ އެ މީހުން ކޮޅަށް އަނބުރާލިއެވެ. އެހެންނަމަވެސް އެގްރީގޭޓް ނަތީޖާ އެއްވަރުވުން، ގްރޫޕް ސްޓޭޖަށް ދާނެ ބައެއް ހޯދަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ބެންގަލޫރުގެ މައްޗަށް މާޒިޔާއިން ކުރި ހޯދީއެވެ. 

މިއަދުގެ ނަތީޖާއާ އެކު، މާޒިޔާ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދާފައިވާއިރު، ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ކުޅެން ޖެހޭނީ ރާއްޖޭގެ ޓީސީއާ، އިންޑިޔާގެ ޗެންނާއީ އެފްސީ އަދި ބަންގާޅުގެ ބަޝަންދުރާ ކިންގްސްއާ އެކު ގްރޫޕް އީގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށޭނީ އަންނަ މަހުއެވެ.

70%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް