ads
މީޑިއާ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުމުގެ ތެރެއިން
އެމްއެމްސީ އިންތިހާބުގެ ނަތީޖާގައި މައްސަލަ ތަކެއް، އަލުން ވޯޓު ނަގަނީ
މީޑިއާ ކައުންސިލްގެ އާ ދައުރަށް ރައިސް އާއި ނައިބް ރައީސްއަކު ހޮވުމަށް ނެގި ވޯޓުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އަލުން ވޯޓު ނެގުމަށް ނިންމައިފި އެވެ.

މިކަމަށްޓަކައި މިއަދު ކުރިއަށް ދިޔަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، މީޑިއާ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް ސަމީރެވެ. އެ ޖަލްސާގައި ވަނީ، ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށް މެމްބަރުންގެ މެދުގައި ވޯޓެއް ނަގާފަ އެވެ. 

އެގޮތުން، އާ ދައުރުގެ ރައީސް ކަމަށް، ޕީއެސްއެމްގެ އަހުމަދު މުސްތަފާ ހޮވުނު އިރު، ނައިބު ރައީސް އަކަށް ހޮވުނީ، ވަގުތު އޮންލައިންގެ ހުސައިން ޝަރީފް އެވެ. 

އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، މީޑިއާ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބޭއްވި ޖަލްސާގައި މައްސަލަ ތަކެއް އުޅޭ ކަމަށް ބުނެ އަލުން ވޯޓު ނެގުމަށް، ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ސަމީރު ވަނީ ނިންމަވާފަ އެވެ. އެހެން ނަމަވެސް ދިމާވީ ކޮން މައްސަލަ އެއް ކަމެއް އަދި ވަނީ ކަށަވަރު ކުރެވޭގޮތް ނުވެފަ އެވެ. 

އަދި ދެން އަލުން ވޯޓު ލުން ކުރިއަށް ގެންދާނެ ތާރީހެއްވެސް އަދި މިހާތަނަށް ކަށަވަރު ނުވެ އެވެ. 

މިކަމާއި ގުޅިގެން ސަމީރުގެ ބަހެއް ހޯދުމަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ދައުރު މިއަދަށް ހަމަވާއިރު، އާ ދައުރަށް ހޮވީ މީޑީއާތަކުން ހަތް މީހުންނާއި އާންމުންގެ ފަރާތުން ހަ މީހުންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް