ads
މީޑިއާ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން: ފޮޓޯ -- މީޑިއާ ކައުންސިލް
މީޑީއާ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކޮށްފި
މޯލްޑިވިސް މީޑިއާ ކައުންސިލްގެ އާ ރައީސް އާއި އާ ނައިބު ރައީސް އިންތިހާބު ކޮށްފި އެވެ.

އެމްއެމްސީގެ އާ ދައުރުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ، ޕީއެސްއެމްގެ އަހްމަދު މުސްތަފާ (މުސްތޮ) އެވެ. އަދި ކައުންސިލްގެ ނައިބު ރައީސް ކަމުގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ، ވަގުތު ނޫހުގެ ހުސެއިން ޝަރީފް އެވެ. 

މީޑިއާ ކައުންސިލްގެ އާ ދައުރުގެ ރައީސް ކަމަށް، މުސްތަފާ އާއި އެކު ދެން ވާދަ ކުރީ، އާފަތިސް ނޫހުން އަލީ ނިޝާން އެވެ. މުސްތަފާ އަށް ނުވަ ވޯޓު ލިބުން އިރު، ނިޝާން އަށް ލިބުނީ ހަ ވޯޓެވެ. 

މީގެ އިތުރުން މީޑިއާ ކައުންސިލްގެ ނައިބު ރައީސް ކަމަށް ޝަރީފް އާއި އެކު ދެން ވާދަ ކުރީ، ވަން އޮންލައިންގެ ފަރާތުން މުހައްމަދު ސިމާއު އަދި އާއްމު މެމްބަރުންގެ ފަރާތުން އަހުމަދު އަމީން މުހައްމަދު އެވެ. ޝަރީފް އަށް ހަތް ވޯޓު ލިބުން އިރު، އަމީން އަށް ލިބުނީ، ހަ ވޯޓެވެ. އަދި ސިމާއު އަށް ލިބުނީ، ދެ ވޯޓެވެ. 

މިއަދު ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، މީޑިއާ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް ސަމީރެވެ. އެކަމާއި ގުޅިގެން ބައެއް މެމްބަރުން ވަނީ، ނުރުހުން ފާޅުކޮށް އަލުން ވޯޓު ނެގުމަށް އެދިފަ އެވެ. އެއާއި އެކު އަލުން ވޯޓު ނެގުމަށް ނިންމި ނަމަވެސް ފަހުން ގާނޫނީ ލަފަ އާއި އެކު ކުރިން ނެގި ވޯޓު ބަލައިގަތުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ. 

މީޑިއާ ކައުންސިލްގެ ކުރީގެ ދައުރު މިއަދަށް ހަމަވާއިރު، އާ ދައުރަށް ހޮވީ މީޑީއާތަކުން ހަތް މީހުންނާއި އާންމުންގެ ފަރާތުން ހަ މީހުންނެވެ.   

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި، އާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ ހަތް މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. އާއްމުންގެ ތެރެއިން އަދި މީޑިއާގެ ތެރެއިންވެސް އެކަކު މަދުކޮށް މި ފަހަރު އިންތިހާބު ކުރީ މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލްގެ މިދަރުރުގެ މެދުތެރޭގައި މީޑިއާތަކުންނާއި އަމިއްލަ މީހުންގެތެރެއިން ދެ މެންބަރަކު އިންތިހާބުކޮށްފައިވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް