އެމީހާއަށް ފަރުވާދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ”ސީއެންއެމް“ އަށް ބުނީ، އެއެކްސިޑެންޓު ހިނގީ ބްރިޖް ޓްރެފިކް ލައިޓް ކައިރީ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މިއަދު 13:00 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. ދެ ސައިކަލް ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި އަންހެނަަކާއި ތިން ފިރިހެނަކަށް އަނިޔާވެގެން ފަރުވާދެމުންދާއިރު، އެތަނުން އެއް ސައިކަލް ދުއްވަން އިން އަންހެންމީހާ އަތުގައި ލައިސެންސް ވެސް ނެތެވެ.