ads
އެކޮމޮޑޭޝަން ބްލޮކްގައި ދިރިއުޅެމުން ދިޔަ މީހުން
އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފި
ގުޅިފަޅުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖައްސައި ދީފި އެވެ.

ރޭ ދަންވަރު 12:30 ހާއިރު އަލިފާން ރޯވީ، ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ބައިތިއްބާފައި ތިބޭ އެކޮމޮޑޭޝަން ބްލޮކްގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި 500 އެއްހާ މީހުން ދިޔައީ ދިރިއުޅެމުންނެވެ. 

އެ އެކޮމޮޑޭޝަން ބްލޮކް އެއްކޮށް ހަލާކުވެފައި ވާއިރު، އެކަމާއި ގުޅިގެން އެފްކޮން ކުންފުނިން ވަނީ، އެތަނުގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖައްސައި ދެމުންނެވެ. 

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި، އެ ކުންފުނީގެ އިތުރު އެކޮމޮޑޭޝަން ބްލޮކް ތަކެއް ހުޅުމާލޭގެ އިތުރުން ގުޅިފަޅުގައި ހުރި އިރު ހާލުގައި ޖެހުނު ފަރާތްތައް އެތަނަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި އެޗްޑީސީގެ އެހީތެރި ކަމާއި އެކު ބައެއް ފަރާތްތަކަށް ގުޅިފަޅުގައި ހުރި ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. 

ގުޅިފަޅުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވެ، ހާލު ދެރަވި 76 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. 

މިހާދިސާގެ މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ، ގުޅީފަޅުގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކި ގޮތްގޮތުން އަނިޔާވެ، ހާލު ދެރަވި 76 މީހަކަށް ޓްރީ ޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން ކަމަށެވެ. 

އެގޮތުން ޓްރީޓޮޕްގައި 63 މީހަކަށް އަދި އައިޖީއެމްއެޗްގައި 13 މީހަކަށް ދަނީ ފަރުވާ ދެމުން ކަމަށާއި އެމީހުންގެ ތެރެއިން ހަމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް