ads
ދިޕިކާ
އިންޑިއާގެ އެތައް ފިރިހެނުންނަކަށް ބައި ގަރުނުން ވެސް ނުވިކަމެއް ކުރީ ދިޕިކާ
އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ޕަދުކޯން އިންޑިއާގެ ތާރީހީ ރެކޯޑެއް ހަދައިފިއެވެ.
Advertisement

އެނާ ތާރީހީ ރެކޯޑެއް ހެދީ ވޯލްޑްކަޕް ތަށި ދަނޑަށް ގެންދިޔަ ފުރަތަމަ ޝަރަފު ލިބުނު އިންޑިއާ މީހާއަށް ވެގެންނެވެ. 

މިއީ ވޯލްޑްކަޕްގެ ފައިނަލް މެޗު ކުޅޭ ދަނޑެއްގައި އިންޑިއާ މީހަކަށް މި ތަށި ގެންގުޅުމުގެ ފުރުސަތުވެސް ލިބުނު ފުރަތަމަ ފަހަރެވެ.

ރޭ އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރި މެޗުގައި ވޯލްޑްކަޕް ތަށި ދަނޑަށް ގެންދިއުމުގެ ޝަރަފު ދިޕިކާއަށް ލިބުނު އިރު އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމު ދުވަހަކު ވެސް ވޯލްޑުކަޕެއް ނުކުޅެއެވެ.

ނަމަވެސް 1950 ވަނަ އަހަރު އިންޑިއާގެ އޮތް ގުރޫޕުން ކޮލިފައިވި ޓީމުތައް ވަކިވުމުން އިންޑިއާށް ވޯލްޑް ކަޕް ކުޅެން ޗާންސް ލިބުނެވެ. ނަމަވެސް އެ ބުރު އިންޑިއާއިން ބައިވެރިއެއް ނުވިއެވެ. 

މިހެންކަމުން 50 އަހަރުން ވެސް އިންޑިއާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ފިރިހެނުންނަށް ނުވިކަމެއް ކުރީ ފިލްމީ ތަރި ދިޕިކާ ކަމަށް އޭނާގެ ފޭނުން އަންނަނީ ބުނަމުންނެވެ. 

your imageދިޕިކާ އަދި ސްޕެއިންގެ ކުރީގެ ކެޕްޓަން އައިކާ ކަސިލާސް 

އިންޑިއާއަށް ފަހުުރުވެރި ނަމެއް ދިޕިކާ ހޯދައިދީފައިވާއިރު، އޭނާ އެންމެ ފަހުން ކުޅުނު ފިލްމު 'ޕަތާން' ގެ ލަވައެއްގެ މައްސަލަ ހޫނުވެ އޭނާއާއި އެ ފިލްމުގެ ބަތަލުގެ ރޯލު ކުޅޭ ޝާހު ރުކް ހާންގެ މައްސަލައެއް ވަނީ އިންޑިއާގެ ސުޕްރީމް ކޯޓަށް ވެސް ވައްދާފައެވެ. 

އެ މައްސަލަ ކޯޓަށް ވައްދާފައިވަނީ އިންޑިއާގެ ހިންދޫ ދީނުގެ ވަކީލެކެވެ. އޭނާ ވެއްދި މައްސަލައިގައި ބުނެފައިވަނީ ޕަތާންގެ 'ބޭޝަރަމް ރަންގު' ކިޔާ ލަވައިން ހިންދޫ ދީނުގެ މީހުންނަށް ފުރައްސާރަ ކޮށްފައިވާ ކަމަށެވެ. ލަވައާއި ފިލްމު ބޭން ކުރުމަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ. 

ދިޕިކާއަކީ ވޯލްޑްކަޕް ތަށި ދަނޑަށް ގެންދިއުމުގެ އިތުރުން ވެސް އިންޑިއާއަށް ފަހުރުވެރި އެތައް ނަމެއް ހޯދައިދީފައިވާ ތަރިއެކެވެ. 

ޖޫރީ މެމްބަރަކަށް ބަދަލުވި ޝަރަފުވެރި 'ކާންސް ފިލްމް ފެސްޓިވަލް' ގައި އިންޑިއާ ތަމްސީލު ކުރުމަށް ފަހު، 'ގޯލްޑަން ރޭޝިއޯ އޮފް ބިއުޓީ' އަށް ބަލާއިރު ދުނިޔޭގެ ގަދަ 10 އެންމެ ރީތި އަންހެނުންގެ ލިސްޓުގައި ހިމެނޭ ހަމައެކަނި އިންޑިއާ މީހަކީ ވެސް ދިޕުކާއެވެ. 

ލޫއީ ވިޓަން އާއި ކާޓިއާ ފަދަ ލަގްޒަރީ ބްރޭންޑްތަކާއި ލެވީސް އާއި އެޑިޑާސް ފަދަ ޕޮޕް ކަލްޗަރ ބްރޭންޑް ހެވީވެއިޓްތަކުގެ ވެސް މޫނުގެ ގޮތުގައި ހޮވިފައިވާ ހަމައެކަނި އިންޑިއާ މީހަކީ ދީޕިކާ އެވެ. 

ދެ ފަހަރެއްގެ މަތިން ޓައިމް މެގަޒިންގެ އެވޯޑް ހޯދާފައިވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުނިޔޭގެ ލީޑަރުންނާ ވެސް ގާތް ގުޅުމެެއް ދިޕިކާގެ އޮވެއެވެ. 

މީގެ އިތުރުން އޭނާއަކީ ފިލްމު ޕްރޮޑިއުސް ކޮށް، ވިޔަފާރި ކުރުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިކުވުމަށް މަސައްކަތް ކުރާ ފަރާތެކެވެ. 

50%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް