ads
ހެލްތު މިނިސްޓްރީގެ ނައިބުކަމުގައި ކުރިން ހުންނެވި، ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދު
ވެންޓިލޭޓަރު ހިޔާނާތް: 3 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ
ދައުވާކޮށްދޭން މީގެ ކުރިން 4 ފަހަރަކު އެދިފައިވޭ
ކޮންމެ ފަހަރަކު އަނބުރާ ފޮނުވާލަނީ
ވެންޓިލޭޓަރު މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ފޮނުވައިފި އެވެ.

މިމައްސަލައިގަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިއަދު އެވެ.

ދައުވާކޮށްދިނުމަށް އެދުނީ:

  1. ހެލްތު މިނިސްޓްރީގެ ނައިބުކަމުގައި ކުރިން ހުންނެވި، ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދުގެ މައްޗަށް
  2. ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުރި، ތ. ކިނބިދޫ ބޯގަންވިލާ، އަހްމަދު އަސްލަމްގެ މައްޗަށް
  3. ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުރި، ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.

މި 3 މީހުންގެ މައްޗަށްވެސް ކުރުމަށް އެދިފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025 (ތިރީސްއެއްމިލިއަން ފަންސާސްދެހާސް ފަންސަވީސް) ރުފިޔާ އަނބުރާ ހޯދުމަށްވެސް ވަނީ އެދިފަ އެވެ. 

ދައުވާކޮށްދޭން މީގެ ކުރިން 4 ފަހަރަކު އެދިފައިވޭ

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި އޭސީސީން ކުރި ތަހުގީގުން ފާހަގަކުރެވި ތުހުމަތުކުރެވޭ އެކި މީހުންގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދިގެން އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާތާ މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފަ އެވެ.

މިމައްސަލާގައި އެންމެ ފުރަތަމަ ދައުވާ ކޮށްދޭން އޭސީސީން އޭރު އެދުނީ މިނިސްޓަރު އަމީން އާއި މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށެވެ. ނަމަވެސް އެފަހަރު ޕީޖީން އެއްވެސް ފަރާތަކަށް ދައުވާއެއް ނުކުރި އެވެ. 

އެމައްސަލަ މުރާޖާކޮށް އަލުން ޕީޖީ އޮފީހަށް ހުށަހަޅަން އޭސީސީއަށް ފުރުސަތު ލިބުނީ ރައްޔިތުންގެ ޕްރެޝަރާއި ހެދި އެވެ. ނަމަވެސް އިސްލާހުކުރަންޖެހޭ ކަންކަން ހުރެގެން ކަމަށް ބުނެ، މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ޕީޖީން ވަނީ އޭސީސީއަށް އެ މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.

އަދި ތުހުމަތު ކުރެވޭ ގިނަ މީހުންގެ މައްޗަށް ދައުވާނުކޮށް އެ ހިޔާނާތުގެ މައްސަލަ އޮގަސްޓު މަސްތެރޭ އޭސީސީން ވަނީ ފައިލްކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ސެޕްޓެމްބަރު މަސްތެރޭ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޕީޖީ ޝަމީމާއިއެކު ބޭއްވި ބައްދަލުވުމުގައި އެ މައްސަލަ އޮތް ހިސާބެއް ސާފުކޮށްދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެދުނެވެ. 

އެކަމަށް ޖަވާބުދާރީ ވަމުން ޝަމީމް އެދުވަހު ވިދާޅުވީ، އެންމެފަހުން އޭސީސީން މައްސަލަ ފޮނުވިއިރުވެސް އިސްލާހުކުރަންޖެހޭ ކުދި ކުދި ފަންނީ ކަންތައްތަކެއް ހުރިކަމަށާއި އެކަންކަން އިސްލާހުކުރުމުން މައްސަލާގައި ދައުވާކުރުމާއިމެދު ގޮތެއް ނިންމޭނެ ކަމަށެވެ. އަދި މައްސަލާގައި އިސްލާހުކުރަން މިހާރު އިނީ ވަރަށް ކުޑަކަމެއް ކަމަށް އެދުވަހު ވިދާޅުވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް