ads
އަލިފާން ރޯވި އެކޮމަޑޭޝަން ބްލޮކް
ގުޅިފަޅުން އަނެއްކާވެސް އިންސާނެއްގެ ކަށިތަކެއް
ގުޅިފަޅުން އަނެއްކާވެސް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ. އަލިފާން ރޯވި ސަރަހައްދުން މީގެ ކުރިންވެސް ކަށިތަކެއް ފެނިފައިވެއެވެ.

އަލިފާން ރޯވި ސަރަހައްދަކީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޯން ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކެވެ. އެ ސަރަހައްދުގައި މިދިޔަ ހަފްތާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މީހަކު ގެއްލިފައިވެއެވެ. އެހެންނަމަވެސް ފެނުނު ކަށިތަކަކީ އެ ގެއްލުނު މީހާގެ ހަޑިގަނޑު ކަމެއް ސާފުވެފައެއް ނުވެއެވެ. އެކަން ބެލުމަށް ޑީއެންއޭ ހެދުމަށްވަނީ ނިންމާފައެވެ. 

ގުޅިފަޅުން ރޭ ފެނުނު ކަށިތަކާ މިއަދު ފެނުނު ކަށިތައް މިއީ އެކެއްގެ ކަށިތަކެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ. އެފްކޯން އިން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މަދުވަނީ އެންމެ މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް