ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު---ފޮޓޯ: ރައީސް އޮފީސް
ކުޅުދުއްފުށި ސީޓީއަކަށް ބަދަލު ކުރަން ރައީސް ނިންމަވައިފި
ކުޅުދުއްފުށި ސީޓީއަކަށް ބަދަލު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.
ކުޅުދުއްފުށި ސީޓީއަކަށް ބަދަލު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

ރައީސް މިކަން އިއުލާނު ކުރައްވައި މިއަދު ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.

ކުޅުދުއްފުށި ސީޓީއަކަށް ބަދަލު ކުރުމުގެ ނުރަސްމީ މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދެވުނު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވަނީ ވިދަޅުވެފައެވެ.

އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ހަތަރު ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމުގެ ނުރަސްމީ ބައްދަކުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއެއްގެ ދަރަޖަ ލިބިއްޖެ ކަމަށްވާނަމަ ކުޅުދުއްފުށި ހިމެނޭނީ ފުވައްމުލައް ސިޓީ ކެޓަގަރީގައި ކަމަށެވެ. އެއީ ދިހަ ހާހާއި ތިރީސް ހާހާއި ދެމެދު ކެޓެގަރީ ކަމަށް ޝަރިފް ވިދާޅުވިއެވެ.

އެހެންކަމުން ގާނޫގައި ބުނާ މިންގަޑުން ބަލައިގެން އެ މުއާމަލާތް ކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ކޮމިޝަނުގައި ނުރަސްމީކޮށް ވާހަކަ ދެކެވުނުކަމުގައި ވީނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއެއްގެ ދަރަޖަ އިއުލާން ނުކުރާހާ ހިނދަކު އީސީން އެކަން އިއުލާން ނުކުރާނޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ކުޅުދުއްފުށި ސިޓީއެއްގެ ދަރަޖަ ލިބުމުން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް، އިންތިޚާބީ 6 ދާއިރާއަކަށް ކުޅުދުއްފުށި ބެހިގެންދާނެ އެވެ. އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ އިލެކްޝަންސް ކޮމިޝަނަށެވެ.

އެ ކޮމިޝަނުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ އަބަދުވެސް މަޝްވަރާކުރެ އެވެ. ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް