ads
ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް
ދިރާސީ އަހަރުގެ ފުރަތަމާ ޓާމުގެ ޗުއްޓީ ފަށައިފި
މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ޗުއްޓީ ފަށައިފި އެވެ.

އޮގަސްޓު މަހު ފެށި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމިފައި ވާއިރު، ދަރިވަރުންނަށް މިއަދު ވަނީ ފޯމު ދީފަ އެވެ. ދެވަނަ ޓާމުގެ ކިޔެވުން ދެން ފެށޭނީ، އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު އެވެ. 

ދަރިވަރުންނަށް ކިޔެވުން ބަންދުކޮށް ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާފައި ވާއިރު، މި ދުވަސްކޮޅަކީ، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. މެޓް އޮފީހުން ވަނީ ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށްވެސް ލަފާ ކޮށްފަ އެވެ. 

މީގެ ކުރިން ދިރާސީ އަހަރު ފަށަނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ ކުރީކޮޅެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ނިންމާލާއި، ރިޕޯޓް ފޮތް ނޮވެމްބަރު މަހުގެ ފަހުކޮޅު ދެ އެވެ. އެއާއެކު ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިގެންދާއިރު، ބޮޑު ޗުއްޓީގެ ގޮތުގައި ދޮޅު މަސް ލިބިގެންދެ އެވެ.  

އެހެން ނަމަވެސް މިހާރު ދިރާސީ އަހަރަށް ގެނެސްފައިވާ ބަދަލާއިއެކު ދިރާސީ އަހަރު ފެށިގެންދާނީ، ކޮންމެ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ ތެރޭގަ އެވެ. އަދި ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ، ޖޫން މަހުގެ ތެރޭގަ އެވެ. 

މިގޮތަށް ބޮޑު ޗުއްޓީއަށް ބަދަލު ގެންނަން ނިންނި ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބުނަސް އެމީހުންގެ އާއިލާތަކާއެކު ޗުއްޓީ ހޭދަކުރަން ފުރުސަތު ނުލިބުން ހިމެނެ އެވެ. އެގޮތުން އަހަރުގެ ފަހުކޮޅަކީ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްވަރެއްކަމުން، އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޗުއްޓީ ހޯދަން ދަތިވެ އެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް