ads
ރިޗާލިސަން ސާބިއާ ކޮޅަށް ކާމިޔާބު ކުރި ގޯލު: ފޮޓޯ ފީފާ
ވޯލްޑް ކަޕްގެ އެންމެ މޮޅުގޯލަކީ ރިޗާލިސަންގެ ގޯލު: ފީފާ
ނިމިގެންދިޔަ ގަތަރު ވޯލްޑްކަޕްގައި އިތުރު ވަގުތު ހަމަވެގެން ޖެހި ޕެނަލްޓީ ތަކާއި ނުލާ ފެނިގެނދިޔަ 172 ގޯލުގެ ތެރެއިން އެންމެ މޮޅު ގޯލަކަށް ބްރެޒިލްގެ ރިޗާލިސަން ގްރޫޕް ސްޓޭޖުގައި ސާބިއާކޮޅަށް ޖެހި ބައިސިކަލް ކިކް ގޯލު ހޮވިފައިވާކަމަށް ފީފާއިން އިއުލާން ކޮށްފިއެވެ.

ފީފާއިން މިކަން އިއުލާން ކޮށްފައި ވަނީ ސާބިއާ ކޮޅަށް 73 ވަނަ މިނެޓުގައި ޖެހި ބައިސިކަލް ކިކް ގޯލު ވަނީ ގަތަރު ވޯލްޑް ކަޕްގެ އެންމެ މޮޅުގޯލުގެ ގޮތުގައި ހޮވިފައިވާކަމަށެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް ކެޓުމުން ރިޗާލިސަން ވަނީ ބްރޭކަކަށް ވެސް ނުގޮސް އޭނާގެ ކްލަބް ޓޮޓެންހަމް އާއި ގުޅި އެޓީމުގެ ފަރިތަ ކުރުންތަކުގައި ބައިވެރި ވާން ފަށާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް