ads
އަންހެން ކުއްޖާއަށް އޭނާގެ ލޯބިވެރިއާ ހަމަލާ ދެނީ
ކައިވެނި ކުރަން ދެކޮޅު ހެދުމުން ލޯބިވެރިއާ ގައިގާ ތަޅާ ހޭނައްތާލައިފި
އިންޑިއާގެ މަދީޔާ ޕްރަދޭޝް ގައި ކައިވެނި ކުރަން އެހުމުން ދެކޮޅު ހެދި އުމުރުން 19 އަަހަރުގެ އަންހެން ކުއްޖެއް ގައިގައި އޭނާގެ ލޯބިވެރިއާ ތަޅައި ހޭނައްތާލައިފިއެވެ.

އަންހެން ކުއްޖާއަށް ހަމަލާ ދިން އޭނާގެ ލޯބިވެރިއާގެ އުމުރަކީ 24 އަހަރެވެ. 

އަންހެން ކުއްޖާއަށް ހަމަލާ ދިންއިރު، އެ މަންޒަރު ވީޑިއޯ ކުރަން ފިރިހެން ކުއްޖާގެ ރަހުމަތް ތެރިއެއް ހުއްޓެވެ. ވީޑިއޯއިން ފެންނަނީ ދެ ލޯބިވެރިން އެކުގައި އަތުހިފައިގެން ހިނގާފައި ދަމުން އަންހެން ކުއްޖާކެ ކޯތާފަތް މަތީގައި ޖަހާތަނެވެ. އަދި އޭގެ ފަހުން ފައިނާއި އަތުން ހަމަލާ ދީ އަންހެން ކުއްޖާ ހޭ ނައްތާލާ މަންޒަރު ފެނެއެވެ. އަދި ވީޑިއޯ ނަގަމުން ދިޔަ ފިރިހެން ކުއްޖާއަށް ވީޑިއޯ ޑިލީޓު ކޮށްލަން އަންގައެވެ. ނަމަވެސް ވީޑިއޯ ވަނީ އިންޓަނެޓުގައި މިހާރު ވައިރަލް ވެފައެވެ. 

މި މައްސަލައިގައި ފުލުހުން ވަނީ ވީޑިއޯ ނެގި ކުއްޖާ ހައްޔަރު ކޮށްފައެވެ. އަދި ހަމަލާދިން 24 އަހަރުގެ މީހާ ފިލާފައިވާކަމަށް ފުލުހުން ބުނެއެވެ. 

އަންހެން ކުއްޖާ ދިރިއުޅޭ ސަހަރުގެ މީހުންނަށް އެ ކުއްޖާ ފެނުނީ އެތައް ގަޑީރެއް ވީފަހުންނެވެ. މިހާރު އެ ކުއްޖާއަށް ގެންދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

10%
ކަމުގޮސްފި
52%
އަޑުއެހިތާ މިހުރީ
34%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް