ads
ފައިނަލް މެޗުގެ ތެރެއިން
ކިންގްސް ކުލަބުން ބާސްކެޓް ގައުމީ ތަށި ދިފާއުކޮށްފި
ކިންގްސް ބާސްކެޓްބޯލް ކްލަބުން ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ކިންގްސްއިން މި މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި ޓީރެކްސްއާ ވާދަކޮށް އަށްޑިހަ ދެ ޕޮއިންޓް ހަތްދިހަ ފަސް ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެނެވެ.

މިއީ މީގެ ތިން އަހަރު ކުރިން އުފެދުނު ކިންގްސް ޓީމުން ހޯދި ފަސް ވަނަ ތަށްޓެވެ. މި އަހަރުގެ ގައުމީ ލީގު ވެސް ކާމިޔާބު ކުރީ ކިންގްސް އިންނެވެ. މިއީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ޙުސެއިން ޝަރީފު މުންދު މުގުލުގައި ހުންނަވައިގެން ހިންގަވާ ކްލަބެކެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ މިރޭ އެވެ. ފައިނަލްގައި ބައްދަލު ކުރާނީ ލީގު ޗެމްޕިއަންކަން ހޯދި ކުއީންސް ބާސްކެޓްބޯލް ކްލަބާއި އެލީޓް ސްޕޯޓްސް ކްލަބް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް