
އުމްރާގެ އަޅުކަން އަދާ ކުރުމަށް ގޮސް ތިބި ބައެއް
އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު އުމުރުން 65 އަހަރުގެ މީހާ ފެނިއްޖެ
މުހައްމަދު ރީހާން
27 ޑިސެމްބަރ 2022 - 10:20:16
އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާ އަށް ގޮސް އުޅެނިކޮށް ގެއްލުނު އުމުރުން 65 އަހަރުގެ މީހާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ، އާދަމް ނަސީރު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ، އިއްޔެ އަސުރު ނަމާދަށް ފަހު މައްކާގައި ހުންނަ ހޮޓަލުން ބޭރަށް ދިޔަ ގޮތަށް ހަބަރެއް ނުވުމުންނެވެ.
އެހެން ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން، އެ މީހާ ފެނިފައި ވާކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް ނަސީރު އުމްރާ އަށް ދިޔައީ އަލް ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގަ އެވެ.
އާދަމް ނަސީރު އުމްރާ އަށް ދިޔައީ އިތުރު އެހީތެރިއަކާއި ނުލާ ހަމައެކަނި ހައްޖު ގުރޫޕުގެ ހަވާލުގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
64%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް