ads
މަޑި ތަކެއް---ފޮޓޯ: އަޝްވާ ފަހީމް
މަޑީގައި އަތްލައި، ކާންދޭނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކުގައި ދިރިއުޅޭ، މަޑިއަށް ކާންދީ، އަދި އެތަކެތީގައި އަތްލައި ހަދާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ދީފި އެވެ.

އީޕީއޭއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ބައެއް ފަރާތްތަކުން ކަންކަން ކުރަމުން އަންނަ ކަމަށާއި އެގޮތަށް ކަންކަން ކުރާނަމަ އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. 

އަދި މި ދުވަސްވަރަކީ، ސުކޫލް ޗުއްޓީ ދުވަސް ވަރަށް ވެފައި، މި ދުވަސްވަރު ގިނަ ބަޔަކު ދަތުރުގޮސް ސްނޯކްލިން އަދި ޑައިވް ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ. 

އަދި ބައެއް ފަރާތްތަކުން މިގޮތަށް އުޅުމުގެ ތެރޭ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ކުރާ ކަންކަން ކުރަމުން އަންނަ ކަމަށާއި، އެގޮތުން އެ ތަކެތީގައި އަތްލައި އެތަކެއްޗަށް ކާންދީ ހަދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިފަދައިން ކަންކަން ކުރުމުން އޭގެ ތަބީއީ ގޮތްތަކަށް އަދި ގުދުރަތީ ނިޒާމަށް ބުރޫ އަރާނެ ކަމަށެވެ. 

އަދި މަޑިތަކުގައި އަތްލައި ގައިގޯޅިވެ އުޅުމުގެ ތެރޭގައި، އެކި ކަހަލަ ބަލިތަކަށް އެތަކެތި ހުށަހެޅިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ. 

ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގައި އުޅޭ ހުރިހާ ބާވަތެއްގެ މަޑިއެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އަދި މި ގަވައިދުގެ ދަށުން އެތަކެއްޗަށް ގެއްލުމެއް ލިބިދޭ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ. 

 

15%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް